ads
ކ. އަތޮޅު ކައުންސިލް ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓް ނިމާލަށް
ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލު ހޮވިވަަޑައިގެންފި އެވެ.

ޕީޕީއެމުން މިއަދު ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނޭ ފަރާތްތައް އިންތިހާބު ކުރުމަށް އެތެރޭގެ ޕްރައިމަރީއެއް ބާއްވާފައެވެ.

އަދި ޕްރައިމަރީގެ ނަތީޖާތައް ދައްކާގޮތުން ފެނަކަ ކުންފުނީގެ ކުރީގެ އެމްޑީ ނިމާލު ވަނީ ކ. އަތޮޅުގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ. 

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މާލޭގެ އިތުރުން 42 ރަށެއްގައި ކުރިއަށް ގެންދާ ކަމަށް އެޕާޓީގެ ތަރުޖަމާނު ހީނާ ވަހީދު ވިދާޅުވެ އެވެ. އެގޮތުން މި އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓު ހޯދަން 1100 މީހަކު ކުރިިމަތިލާފައިވާ ކަމަށް ކުރިން އެ ޕާޓީން ބުނެފައިވެ އެވެ. 

އެގޮތުން އަތޮޅު ކައުންސިލާއި ދެ ސިޓީ ކައުންސިލް ހިމެނޭ ގޮތަށް ޖުމްލަ 134 ވޯޓު ފޮށްޓެއް ބަހައްޓާފައިވާއިރު ޕްރައިމަރީއެެއް ބާއްވަން ޖެހޭ ވަރަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ މާލެ އާއި އައްްޑޫ ސިޓީ ކައުންސިލަށް ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީ ނޯންނާނެ ކަމަށް ޕީޕީއެމުން ވަނީ ހާމަކޮށްފައެވެ. 

20%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް