11271
CONFIRMED

DEATHS
10234
RECOVERED
🌏40,729,251
INFECTED
🌏27,846,487
RECOVERED
🌏1,124,027
DEATH
🌏68%
RECOVERY RATE
އަނބިމީހާ އަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި
Share
ފުލުހުންގެ ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނޭ ރަށެއްގައި އަނބިމީހާ އަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުންގެ ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނޭ ރަށެއްގައި އަނބިމީހާ އަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި އެވެ. 

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެއްސެކެވެ. 

ފުލުހުން ބުނީ ރޭ 10:34 ހާއިރު ފުލުހުންގެ ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނޭ ރަށެއްގައި އަންހެނަކާއި މެދު އޭނާގެ ފިރިމީހާ މާރާމާރީ ހިންގުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. 

އަންހެން މީހާގެ ހާލު ސީރިއަސް ނޫން ކަމަށާއި އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެެވެ. 

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ރަށުގެ ބައެއް ރައްޔިތުން ސިއްހީ މަރުކަޒު ދޮށަށް އެއްވި ކަމަށެވެ. އެއްވި މީހުންނާ ފުލުހުން ވާހަކަދެއްކުމަށްފަހު އެ މީހުން އެތަނުން ފޮނުވާލި ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. 

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް