ads
އިސްލާމިކް މިނިސްޓްރު ހަނދާބެހޭ ބަޔާން ދެއްވަނީ
އީދު ވާނީ ހޯމަ ދުވަހަށް، މާދަމާއަކީ ރޯދަމަހުގެ ފަހުދުވަސް!
މާދަމާއަކީ މިރޯދަ މަހުގެ ފަހު ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބޭއްވި ރަސްމިއްޔާތަށްފަހު އިއްސލާމިކް މިނިސްޓްރު އިއްވެވި ހަނދާބެހޭ ބަޔާނުގައި ބުނީ އިރު އޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އަދި އެއްވެސް ގައުމަކަށްވެސް 1443 ވަނައަހަރުގެ ހަނދު ފެންމަތި ނުވާނެ ކަން ކަށަވަރު ވެފައިވާކަމަށެވެ. 

އަދި އެއްވެސް ގައުމަކަށްވެސް ހަނދު ފެނިފައިވާކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ.
އެހެން ކަމުން  މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި ހޯމަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ވެސް ވަނީ ކަނޑައަޅާފައެވެ.

މިއަހަރުގެ އީދު ނަމާދު ކުރުން އޮތީ މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައެވެ. އަދި އިސްލާމީ މަރުކަޒާއި، ކިންގް ސަލްމާން މިސްކިތުގައިވެސް އީދުނަމާދު ކުރާނެއެވެ.ރާއްޖޭގެ ބޮޑެތި އެހެން ރަށްރަށުގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ނިންމާފައިވއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް