ޓިކެޓްގެ އަގު ބޮޑުކުރުމާއި ގުޅިގެން އަދި ރަސްމީ ބަހެއް މޯލްޑިވިއަނުން ބުނެފައެއް ނުވެ އެވެ. ނަމަވެސް ޓިކެޓްގެ އަގު ބޮޑުވިކަން މޯލްޑިވިއަންގެ ވެބްސައިޓުގައި ހާމަކޮށްފައި ވެއެވެ.
ޓިކެޓުގެ މިބަދަލާއެކު އެތެރޭގެ އުދުހުންތަކުން ކޮންމެ ޓިކެޓަކަށް 180 ރުފިޔާ އާއި 200 ރުފިޔާ އިތުރަށް ނެގުމަށް ވަނީ ނިންމާފައެވެ.
މޯލްޑިވިއަނުން ބޮޑު ކޮށްފައިވާ އަގުތަކަށް ބަލާއިރު، މާލެއިން ގަމަށް، އަދި ގަމުން މާލެއަށް މިހާރު ޓިކެޓެއް ލިބެނީ 1،513 ރުފިޔާއަށެވެ. މީގެ ކުރިން އެޓިކެޓުގެ އަގަކީ 1،333 ރުފިޔާއެވެ. އަދި ކުރިން ކާޑެއްދޫއަށް 1،222 ރުފިޔާއަށް ޓިކެޓު ލިބޭއިރު، މިހާރު ޓިކެޓުގެ އަގު ވަނީ 1،405 އަށް ބޮޑު ކޮށްފައެވެ.