ads
ޕްރިންސިޕަލުންގެ މުސާރަ 35،000 ރުފިޔާއަށް ވުރެ ބޮޑުކުރުމަށްފަހު އެކަން އިއުލާނުކޮށްފި
ޕްރިންސިޕަލުންގެ މުސާރަ 35،000 ރުފިޔާއަށް ވުރެ ބޮޑު
ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ ފަރާތްތަކެއްގެ މުސާރައަށް ގެނެވުނު ބަދަލުތަކާއި އެކު ސުކޫލް ޕްރިންސިޕަލުންގެ މުސާރަ 35،000 ރުފިޔާއަށް ވުރެއް ބޮޑުވާނެ ކަމަށް ސަރުކާރުން އިއުލާނުކޮށްފި އެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުގެ މުސާރައަށް ގެނެވުނު ބަދަލުތަކުގެ ތަފްސީލް ދެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. 

ޕްރިންސިޕަލުންގެ މުސާރަ އޮނިގަނޑު ވަނީ 3 ގިންތިއަކަށް ބަހާލާފަ އެވެ. 

ތައުލީމީ ދާއިރާގައި މިވަގުތު 175 ޕްރިންސިޕަލުން ތިބިއިރު މުސާރައިގެ 50 އިންސައްތަ އާއި 80 އިންސައްތައަށް ވަނީ މުސާރައިގެ ބަދަލުތައް ގެނެސްފަ އެވެ. 

ޕްރިންސިޕަލުންނަށް މީގެ ކުރިން ލިބެމުން އައި މުސާރައާއި ދެން ލިބޭނެ މުސާރަ

  • ރޭންކު 1- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 16،614ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 30،610 ރުފިޔާގެ މުސާރައެއް ލިބޭނެ
  • ރޭންކު 2- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 20،798ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 33،075 ރުފިޔާގެ މުސާރައެއް ލިބޭނެ

ޑެޕިއުޓީ ޕްރިންސިޕަލް ގެ މުސާރައިގެ ތަފްސީލުވެސް ވަނީ 3 ގިންތިއަކަށް ބަހާލާފަ އެވެ. 

ޑެޕިއުޓީ ޕްރިންސިޕަލުންނަށް މީގެ ކުރިން ލިބެމުން އައި މުސާރައާއި ދެން ލިބޭނެ މުސާރަ

  • ރޭންކު 1- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 13،079ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 23،340 ރުފިޔާގެ މުސާރައެއް ލިބޭނެ
    ރޭންކު 2- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 16،380ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 26،023 ރުފިޔާގެ މުސާރައެއް ލިބޭނެ

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުއައްޒަފުންނަށް މުސާރައިގެ ކުރިއެރުންދީ މިއަދު އެކަން ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު ރައީސުލް ޖުމްހޫރިއްޔާ މިއަދު ވިދާޅުވީ ހުރިހައި ދާއިރާތަކެއްގެވެސް މުސާރަ ބޮޑުކުރައްވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް