ads
ސުކޫލް ޓީޗަރުން
ޓީޗަރުންނަށް މަދުވެގެން 20000 ރުފިޔާ ގެ މުސާރައެއް
ތައުލީމީ ދާއިރާގެ ގިނަ ޓީޗަރުންނަށް މަދުވެގެން 20،000 ހާސް ރުފިޔާ ދިނުމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ގައުމާ މުހާތަބުކުރައްވައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކުރައްވާފައިވާކަން އިއުލާނުކޮށްފަ އެވެ. 

ޓީޗަރުންނާއި، ޕްރިންސިޕަލުން އަދިވެސް ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެހެނިހެން ފަރާތްތަކަށް ލިބޭ މުސާރަ އާއި، އެލެވަންސްގެ ތަފްސީލް ދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. 

މި ބަދަލާއެކު ޓީޗަރުންގެ މުސާރަ ވަނީ ފަސް ގިންތިއަކަށް ބަހާލާފައެވެ. 

ޓީޗަރުންނަށް މީގެ ކުރިން ލިބެމުން އައި މުސާރައާއި ދެން ލިބޭނެ މުސާރަ

  • ރޭންކު 1- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 10،889ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 13،266 ރުފިޔާގެ މުސާރައެއް ލިބޭނެ
  • ރޭންކު 2- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 13،089ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 19،467 ރުފިޔާގެ މުސާރައެއް ލިބޭނެ
  • ރޭންކު 3- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 15،135ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 20،895 ރުފިޔާގެ މުސާރައެއް ލިބޭނެ
  • ރޭންކް 4- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 18،200ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 20،895 ރުފިޔާގެ މުސާރައެއް ލިބޭނެ
  • ރޭންކް 5- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 20،200ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 25،000 ރުފިޔާގެ މުސާރައެއް ލިބޭނެ

ލީޑިން ޓީޗަރުންނަށް ކުރިން ލިބޭ 1000 ރުފިޔާގެ އެލަވަންސް މިހާރުވަނީ 2000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް