ads
މޫސުން ގޯސްވެ ކަނޑުވެފައިވާ ދޯންޏެއް
ސަމާލުވޭ! ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ!
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރިއަށް ހުރި ވަގުތު ތަކުގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގައިވާ ސަރަހައްދު ތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ. 

އެ އިދާރާއިން ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ، މިރޭ 20:00 އާއި ހަމައަށް މި ސަރަހައްދުގެ ރައްތަކަށް 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. 

މީގެ އިތުރުން އެއިދާރާއިން ބުނީ، މި ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، އެހެން ކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދީ، މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެދޭ ކަމަށެވެ. 

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފައިވާއިރު، ކުރިއަށް އޮތް އީދު ބަންދާއި ދިމާކޮށް ގިނަ ބަޔަކު އަންނަނީ ދަތުރުތައް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ. މިކަމާއި ގުޅިގެން މެޓް އޮފީހުގެ އިތުރުން އެމްއެންޑީއެފް އިންވެސް ވަނީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް