ads
ރަޝިއާއިން ދިން ހަމަލާއެއްގައި ސުންނާފަތި ވެފައިވާ ޔޫކްރެއިންގެ އިމާރާތެއް
މަރިއުޕޯލް އަށް ޔޫކްރެއިން ސިފައިން އެތެރެ ނުވުމަށް އަންގައިފި
ރަޝިއާގެ ބާރުގެ ދަށަށް ގެނެސްފައިވާ ޔޫކްރެއިންގެ މުހިއްމު ސިޓީއެއް ކަމަށްވާ މަރިއުޕޯލް އަށް ޔޫކްރެއިން ސިފައިން އެތެރެ ނުވުމަށް ރަޝިއާއިން އަންގައިފިއެވެ.

ރަޝިއާއިން މިހެން ބުނެފައި މިވަނީ، އެ ސިޓީގައި ތިބި ޔޫކްރެއިން ރައްޔިތުން އެހެން ހިސާބުތަކަށް ބަދަލު ކުރުމަށް ޔޫކްރެއިން ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. ޔޫކްރެއިން ސަރުކާރުން ވަނީ އެ ސިޓީގައި ތިބި މީހުން އެހެން ހިސާބު ތަކަށް ގެންދިއުމަށް އެގައުމުގެ އަސްކަރިއްޔާއިން އޮޕަރޭޝަނެއް ހިންގަން ނިންމާފައި ވާކަމަށް ބުނެފައެވެ. 

ޔޫކްރެއިން ސަރުކާރުން މިކަން އިއުލާން ކުރިތާ ކުޑަ ވަގުތު ކޮޅެއް ތެރޭ ރަޝިއާ އަސްކަރިއްޔާގެ އޮފިޝަލަކު ވަނީ، އެއްވެސް ސަބަބަކާއި ހެދި މަރިއުޕޯލް އަށް ޔޫކްރެއިންގެ އަސްކަރިއްޔާގެ އެއްވެސް މީހެއް ވަނުމުގެ ހުއްދައެއް ނެތް ކަމަށް ބުނެފައެވެ. އަދި އެ ސިޓީއަށް ޔޫކްރެއިންގެ އަސްކަރިއްޔާގެ އެއްވެސް މީހެއް ވަދެއްޖެނަމަ ހަމަލާ ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. 

ރަޝިއާ ސިފައިން މިފަދައިން ބުނެފައި ވާއިރު، މިހާރުވެސް އެ ސިޓީގެ ކާރުހާނާއެއްގައި ޔޫކްރެއިންގެ އަސްކަރިއްޔާގެ ސިފައިން ހަތިޔާރާއި އެކު އެބަތިއްބެވެ. ރަޝިއާއިން ވަނީ ހަތިޔާރު ބެހެއްޓުމަށްފަހު އަމާން ދިނުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެތަނުގައި ތިބި ޔޫކްރެއިން ސިފައިންނަށް އަންގާފައެވެ. 

ރަޝިއާގެ އަސްކަރިއްޔާގެ އޮފިޝަލަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާގޮތުން މިމަހުގެ ތިން ވަނަ ދުވަހުގެ ކުރިން އެ ކާރުހާނާގައި ތިބި ޔޫކްރެއިންގެ އަސްކަރިއްޔާގެ ސިފައިން އަމާން ނުދީފިނަމަ އެ ކާރުހާނާއަށް ހަމަލާދީ ގޮއްވާލާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ އެތަނަށް ހަމަލާ ނުދީ މަޑުކުރުމަށް މީގެ ކުރިން އަންގާފައެވެ. 

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް