ads
ހުސެއިން ސައީދު- މޯލްޑިވްސް ޔޫތު ފޯސް އިން އިންޒާރުދިން މީހާ
ރައީސް ޔާމީން ސައިޒުކުރާނެ ކަމުގެ ވަރުގަދަ އިންޒާރެއް
ކުރީގެ ރައީސް އަބުދުﷲ ޔާމީން ސައިޒު ކުރާނެކަމުގެ ވަރުގަދަ އިންޒާރެއް މޯލްޑިވްސް ޔޫތު ފޯސް އިން ދީފި އެވެ.

މި ވީޑިއޯގައި ފެންނަނީ ކުރީގެ ނައިބްރައީސް އަހުމަދު އަދީބުގެ އެމްޓީޑީއަށް ނިސްބަތްވާ ހުސައިން ސައީދު ނަމަކަށް ކިޔާ މީހެކެވެ.

މޯލްޑިވްސް ޔޫތު ފޯސް އިން ރައީސް ޔާމީނަށް އިންޒާރުދިނުމަށް މިރޭ އާންމުކުރި ވީޑިއޯގައި ބުނެފައިވަނީ މި ގައުމުގައި ކުރިން ވެރިކަން ކުރި މީހަކު އަނެއްކާވެސް މި ގައުމު އިނދަ ޖައްސާލަން މަސައްކަތް ކުރާ ކަމަށެވެ. 

" އަޅުގަނޑުމެންނަކީ މޯލްޑިވްސް ޔޫތު ފޯސް. އަޅުގަނޑުމެން މި ނުކުތީ އޭނާ ސައިޒުކުރަން. "

ރައީސް ޔާމީން "ސައިޒް" ކުރަން ކަމަށެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވާ ބޮޑުކޮށް ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ހަރަކާތާ އެ ފޯސް އިން ދެކޮޅު ކަމަށާ ރާއްޖެ އޮތީ އިންޑިއާގެ ދަށުވެފައި ކަމަށް ވިދާޅުވެ ރައީސް ޔާމީން އިތުރު ހައްދަވާ ކަމަށެވެ.

" އިންޑިޔާ އައުޓު ހަރަކާތާ އަޅުގަނޑުމެން ދެކޮޅު. މި ގައުމު އޮތީ އިންޑިޔާގެ ދަށުވެފައޭ ކިޔައި އެ ހައްދަވަނީ ހުސް ދޮގު. "

މޯލްޑިވްސް ޔޫތު ފޯސްގެ އިންޒާރުދިނުމުގެ މި މައްސަލަ ޕީޕީއެމްގެ ފަރާތުން ވަނީ ފުލުހުންނަށް ހުށައަޅާފަ އެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް