ads
ޔޫކްރެއިން ރެފިއުޖީން
ހަނގުރާމައިގައި 5.5 މިލިޔަން ޔޫކްރެއިން މީހުން ގައުމު ދޫކޮށްފި: އދ
ރަޝިޔާއިން ޔޫކްރެއިންގައި ހަނގުރާމަ ފެށިފަހުން 5.5 މިލިޔަން ޔޫކްރެއިން މީހުން އެގައުމުން ބޭރުވެފައިވާ ކަމަށް އދގެ ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރު) އިން ބުނެފިއެވެ.

މި ޑޭޓާތައް އެއްކުރަނީ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި އޭގެ ތެރޭގައި ރަސްމީ ބޯޑަރު ހުރަސްކުރާ ޕޮއިންޓުތަކުގައި ކަމާ ބެހޭ ފަރާތްތަކުން ދޭ އަދަދުތައް ވެސް ހިމެނޭ ކަމަށް އެ އެޖެންސީން ބުންޏެވެ.

އދ އިން ބުނާ ގޮތުގައި ޔޫކްރެއިންއިން ތިން މިލިއަނަށް ވުރެ ގިނަ މީހުން ގެންގޮސްފައިވަނީ ޕޮލެންޑަށެވެ. މައުލޫމާތުތަކުން ދައްކާ ގޮތުގައި ޔޫކްރެއިންގެ ރެފިއުޖީންނަށް ދެވަނައަށް އެންމެ ބޮޑު އެހީއެއް ލިބުނީ ރޫމޭނިއާއިންނެވެ. އެގޮތުން 800،000 އެއްހާ މީހުން ވަނީ ރޫމޭނިއާއަށް ގޮސްފައެވެ. އަދި ތިންވަނައަށް އެންމެ ގިނ ޔޫކްރެއިން މީހުން ގޮސްފައިވަނީ ރަޝިޔާއަށެވެ. އެގައުމަށް 700000އެއްހާ މީހުން ގޮސްފައިވާއިރު 500000އެއްހާމީހުން ވަނީ ހަންގޭރީއަށެވެ. 

ޔޫއެންއެޗްސީއާރް އިން މިދިޔަ ހަފުތާގައި ބުނީ ޔޫކްރެއިންގެ އެތެރޭގައި އިތުރު 7.7 މިލިއަން މީހުން ގެއްލިފައިވާ ކަމަށެވެ.

 އެ އިދާރާއިން ބުނީ ޖުމްލަ 13 މިލިއަން މީހުން ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުގައި ތާށިވެފައި ތިބި ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި ސަލާމަތީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތައް އިތުރުވުމާއި، ބްރިޖްތަކާއި މަގުތައް ހަލާކުވުންފަދަކަންކަމާއި، މައުލޫމާތު ރަނގަޅަށް ނުލިބުމުގެ ސަބަބުން ކުރަންވީ ކޮންކަމެއްކަން ނޭނގި ހާލުގައި ޖެހިފައިވާ މީހުންވެސް ވަރަށް ގިނަ ކަމަށެވެ.

ރެފިއުޖީ އޭޖެންސީން ބުނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެންމެ ބާރަށް ރެފިއުޖީންގެ މައްސަލަ ބޮޑުވެފައިވަނީ މިހަނގުރާމައިގައި ކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން 8.3 މިލިއަން މީހުން ރެފިއުޖީން ގައުމުދޫކޮށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ސޫރިޔާއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ރެފިއުޖީ ކްރައިސިސް އޮތް ގައުމެވެ. 6.8 މިލިއަން މީހުން ވަނީ އެ ގައުމު ދޫކޮށް ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް