ads
ފަހުލަވާނުގެ ކުޅުންތެރިން
ރަށްވެހި ޗެލެންޖުގެ ފުރަތަމަ މެޗު ފަހުލަވާނަށް
ކުޑަ އީދުގައި ފ. ނިލަންދޫގައި ބާއްވާ ރަށްވެހި ޗެލެންޖުގެ ފުރަތަމަ މެޗު ފަހުލަވާނުން ކާމިޔާބުކޮށްފިއެވެ.

ފަހުލަވާނުން މި މެޗު ކާމިޔާބު ކުރީ ވައިޕަރސްއާ ވާދަކޮށް ހަ ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުންނެވެ. ފ. ނިލަންދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ފެށުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ފަހުލަވާނުން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދީފައިވަނީ އަބްދުލްއަލީމް މުހައްމަދު، އަހްމަދު ނަބީލް، އީޖާޒް އަބްދުލްގާދިރު އަދި އާދިލް އަލީއެވެ. މީގެ ތެރެއިން އާދިލް އަދި ނަބީލް މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. 

ވައިޕަރސްއިން ޖެހި ހަމައެކަނި ލަނޑު ޖެހީ އަޒްހާން ޚަލީލްއެވެ. މުބާރާތުގެ މެޗެއް މިރޭވެސް ކުޅޭނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް