ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 45 މޭލަށް ވައިޖެހޭނެ
ރާއްޖޭގެ ދެކުނަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ އެވެ.

އެއިދާރާއިން ބުނީ ގަޑިއަކު 19 މޭލާއި24 މޭލާ ދެމެދުގެ ބާރު މިނިގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ. 

ވީމާ ކަނޑު ދަތުރު ކުރުމުގައި ވީހާވެސް ބޮޑަށް ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށާއި، މި ދުވަސްވަަރަކީ ވައިގަދަވެ ކަނޑުގަދަ ދުވަސް ވަރެއް ކަމުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ލަފާދެއްވާ ކަމުގައިއެވެ.

ދެކުނަށް ވައިޓް އެލާޓް ނެރެފައި ވާއިރު އެމްއެންޑީއެފްއިންވެސް ވަނީ ދަތުރުކުރާއިރު ސަމާލު ވުމަށް އަންގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް