ads
ފޮޓޯ: އުރީދޫ
ސްޓެލްކޯ ކަނބަލުން މަސްރޭހުގެ ރެކޯޑް މުގުރާލައި 11 ވަނަ ސީޒަން ކާމިޔާބުކޮށްފި
ކޮންމެ އަހަރެއްގެ ރަމަޟާންމަހު އުރީދޫއިން ކުރިޔަށްގެންދާ އުރީދޫ މަސްރޭހުގެ އެގާރަ ވަނަ ސީޒަން، ޓީމް ސްޓެލްކޯ ކަނބަލުން ކާމިޔާބު ކޮށްފިއެވެ.

ފޯރިގަދަ ފައިނަލެއްގައި ސްޓެލްކޯ ކަނބަލުން އަދި ޓީމް އެފްއެސްއެމް، ޓީމް ކެޔޮޅު ބައްޕީ އަދި ޓީމް ގޯޅިއަންސް ވާދަކޮށް، މިއަހަރުގެ އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓިމާއި، އެންމެ ބޮޑު މަސް، އެންމެ ގިނަ މަސް ގެ އިތުރުން މޯސްޓް އެންގޭޖިންގް ޓީމް ވަނީ ހޮވާފައެވެ.

މަސްރޭހުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދުމުން އިނާމުގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ދޭ 50،000 ރުފިޔާ އާއި، ޑީޓެކް އިން ދޭ އެވިންރޫޑް 9.8ހޕ އިންޖިނާއި، ހައި ފިޝިންގް ޓެކްލްސް އިން ދޭ 10290ރ އަގުހުރި މަސްބާނާ ދޮށްޓެއްގެ އިތުރުން ލަޔާ ކެފޭގެ ފަރާތުން ޓީމަށް ދޭ ހާއްސަ ކެއުމެއް އެ ޓީމަށް ވަނީ ލިބިފައެވެ. 

އެންމެ ބަރުމަސް ބޭނި ކެޔޮޅު: 11.95 ކިލޯގެ އެއިޓްބާ ގްރޫޕަރއެއް ބާނައިގެން، ޓީމް އާރްޑީސީ ގެ ޔާސިރް.

އިނާމު:

  • އުރީދޫ މޯލްޑިވްސްއިން ދޭ 5000 (ފަސް ހާސް) ރުފިޔާ
  • ސީރިއަސް އެންގްލަރސް ގެ ފަރާތުން ދޭ އޯޝަންސް ލެގަސީ އެލެމެންޓަސް ޑިޕް ޖިގިން ދޮށްޓެއް ހައި ފިޝިންގް ޓެކްލްސް އިން ދޭ 4850ރ އަގުހުރި މަސްބާނާ ދޮށްޓެއް
  • ކެޔޮޅު ރެސްޓޯރެންޓްގެ ފަރާތުން 2 މީހުންގެ ކެއުމެއް


މުބާރާތުގެ ފިރިހެން މަސްވެރިޔާ: 49 މަސް ބާނައިގެން ޓީމް ސްޓެލްކޯ ކަނބަލުން ޓީމުން އަބްދުލް އަޒީޒް (އަޒީބެ)

އިނާމު:

  • އުރީދޫ މޯލްޑިވްސްއިން ދޭ 5000 (ފަސް ހާސް) ރުފިޔާ
  • އޮބިއަންގެ ފަރާތުން ދޭ އެކްސަސައިޒް ބައިކް
  • ހައި ފިޝިންގް ޓެކްލްސް އިން ދޭ 4850ރ އަގުހުރި މަސްބާނާ ދޮށްޓެއް
  • ކެޔޮޅު ރެސްޓޯރެންޓްގެ ފަރާތުން 2 މީހުންގެ ކެއުމެއް


މުބާރާތުގެ މޯސްޓް އެންގޭޖިން ޓީމް (އެންމެ ހިންގާލާ ޓީމް): ޓީމް އެފްއެސްއެމް

އިނާމު:

  • ރަންފައުންގެ ފަރާތުން ދޭ ޕެނަސޮނިކް އޭސީއެއް
  • ކޮފީ ޝްރަބްގެ ފަރާތުން ޓީމަށް ދޭ ތަރާވީސް ކެއުމެއް

މޮޅުވި ޓީމް ޓީމް ސްޓެލްކޯ ކަނބަލުން އަށް 680.80 ޕޮއިންޓް ލިބިފައިވާއިރު، މިއަހަރުގެ އުރީދޫ މަސްރޭހުގެ ދެވަނަ ޓީމް ކަމަށްވާ އެފްއެސްއެމް ޓީމަށް ލިބިފައިވަނީ 191.05 ޕޮއިންޓެވެ. ހަމައެހެންމެ، ތިންވަނަ ހޯދާފައިވާ ޓީމް ގޯޅިއަންސްއަށް ލިބިފައިވަނީ 178.85 ޕޮއިންޓެވެ.

ފިތުރު އީދު ފާހަގަކޮށް، ރޭ ކުރިއަށްގެންގޮސްފައިވާ އުރީދޫ މަސްރޭހުގެ ފޯރިގަދަ ގްރޭންޑް ފައިނަލްގައި، މިނިސްޓާ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އަލްފާލިލާ ޔުމްނާ މައުމޫން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ އަލްފާލިލާ ޒަހާ ވަހީދު، އުރީދޫ މޯލްޑިވްސްގެ ބޯޑު މެންބަރު އަލް އުސްތާޒާ ދީނާ ހުސައިން އާއި އުރީދޫ މޯލްޑިވްސްގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމް ވަނީ ބައިވެރިވެފައެވެ.

"އުރީދޫ މަސްރޭސްގެ ސީޒަން 11 އަށް ޓީމްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ. ރާއްޖޭގައި ރަމަޟާން މަހު އެންމެ ގިނަ ބަޔަކު ފޯރިއާއެކު ބައިވެރިވާ އެއް އިވެންޓް ކަމުގައިވާ އުރީދޫ މަސްރޭސް ކޮވިޑް-19 އާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، މިއަހަރު އަލުން ފެށިއިރު، މި ހަރަކާތުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކުން ތިބީ ޝައުގުވެރިކަމާއެކު އިންތިޒާރުކޮށްގެން. އެހެންކަމުން އުރީދޫ މަސްރޭސް 2022 ވެގެންމިދިޔައީ ވަރަށް ފޯރި ގަދަ ވާދަވެރި ސީޒަންއަކަށް. އުރީދޫ މަސްރޭސް ގެ ތާރީހުގައި ރެކޯޑް އަދަދަކަށް މަސް ބާނައިގެން ޗެމްޕިއަންކަން ނެންގެވި ޓީމް ސްޓެލްކޯ ކަނބަލުން ގެ އިތުރުން ވަނަތައް ހޯއްދެވި ހުރިހާ ފަރާތްތަކަށްވެސް ވަރަށް ހޫނު މަރުހަބާ އާއި ތަހުނިޔާ ދަންނަވަން. މި އިވެންޓް ފޯރިގަދަ އަދި ކުލަގަދަ އިވެންޓްއަކަށް ހަދައިދިން ހުރިހާ ބައިވެރިންނާއި ސަޕޯޓަރުން އަދި ޕާޓްނަރުންނަށް ފަށްފަށުން ޝުކުރު އަދާކުރަން." އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސާ، ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ސަރުކާރުގެ މުއައްސަސާތަކުންނާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތައް ހިމެނޭގޮތަށް، ޖުމްލަ 23 ޓީމެއް މިއަހަރުގެ މަސްރޭހުގައި ވާދަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް