ads
ސިފައިން ހޯދި ވަޅި:--
ކައްޕި ގެއްލުނު ސަރަހައްދުން ފެނުނު ތުވާއްޔާއި ވަޅީގައި ހުރީ ލެއެއް ނޫން: ފުލުހުން
ކައްޕި ގެއްލުނު ސަރަހައްދުން ފެނުނު ތުވާއްޔާއި ވަޅީގައި ހުރީ ލޭ ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޖެނުއަރީ 5 ވަނަ ދުވަހު ކ. ކަގި ކަރިން އޮތް ފަރަކަށް އރި ދޯނީގައި ހުރި ދިވެހި ފިރިހެނަކު ގެއްލުނު މައްސލާގައި ތަހުގީގަށް ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށްފައިވާކަމަށެވެ. 

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި އެ ދޯނީގައި ކައްޕީގެ އިތުރުން ދެ ބިދޭސީންނާއި ދިވެއްސަކު ހުއްޓެވެ. 

މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ. 

"ހެކި ހޯދުމުގެ މަސައްކަތް ދަނި ކުރިއަށް. އެމްއެން ޑީއެފުން އެ ސަރަހައްދުން ހޯދާފައިވާ ތުވާއްޔާއި ވަޅީގައި ހުރީ ލެ އެެއެއް ނޫން. އަދި އެއީ ދަވާދާއި ގުލޫ ކަމަށް މިހާތަނަށް ފުލުހުން ކުރި ތަހުގީގަށް އެނގިފައިވޭ" - ފުލުހުން -

ފުލުހުން ބުނީ ސިފައިން ހޯދި ތަކެއްޗާއި އެ ދޯނިން ގެއްލުނު 37 އަހަރުގެ ދިވެހި މީހާއާއި ގުޅުމެއް އޮތްތޯ ވެސް ބަލަމުން އަންނަކަމަށެވެ.

your imageކަގި ކައިރިން ފަރަށް އެރި ދޯނި:--

0%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް