ads
ތޯމަސް މުލާ ކޮންޓްރެކްޓް އާ ކުރުމަށް ފަހު
މުލާގެ ކޮންޓްރެކްޓް އާކޮށްފި
ބަޔާން މިއުނިކްގެ ޖަރުމަން ކުޅުންތެރިޔާ ތޯމަސް މުލާގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

މުޅި ކެރިއަރުގައިވެސް ބަޔާން މިއުނިކަށް ކުޅެފައިވާ މުލާގެ އާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ ދެހާސް ސައުވީސް ވަނަ އަހަރުގެ ނިޔަލަށެވެ. އުމުރުން ބައްތިރީސް އަހަރުގެ މުލާ ވަނީ ބެޔާން މިއުނިކާއެކު ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. ޖަރުމަނުގެ މުބާރާތްތަކުގެ އިތުރުން ޗެމްޕިއަންސް ލީގުވެސް އޭނގެތެރޭގައި ހިމެނެއެވެ.

ޖަރުމަނު ގައުމީ ޓީމަށްވެސް ސަތޭކައަސްވުރެ ގިނަ މެޗު ކުޅެދީފައިވާ މުލާ ޖަރުމަނުގެ ގައުމީ ޓީމުގެވެސް އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. މުލާގެ ކޮންޓްރެކްޓް އާކުރިކަން އިއުލާން ކުރަމުން ބަޔާން މިއުނިކުންވަނީ އޭނާ ކުޑައިރު ބަޔާން މިއުނިކްގެ ޖަރޒީގައި ހުރި ފޮޓޯތަކެއް އާއްމުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް