ads
ހިޔާ ފުލެޓުތަކުގެ ކުލި ބޮޑުކަމަށް ބުނެ ކުރި މުޒާހަރާގެ ތެރެއިން
ހިޔާ ފުލެޓު ތަކުގެ ކުލި ނުދައްކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނަން: އެޗްޑީސީ
ސޯޝަލް ހައުސިންގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ބައެއް ފަރާތްތަކުން ދައްކާފައިނުވާ ކަމަށާއި، ކުލި ނުދައްކާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

ހުޅުމާލޭ ފޭސް ދޭއް ގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ކުލީގެ ކަންތަކާއި ގުޅޭގޮތުން ސީއެންއެމްއަށް މައުލޫމާތުދެއްވައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިން އަހުމަދު މިއަދު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލި ބައެއް ފަރާތްތަކުން ދައްކާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ކުލި ނުދައްކާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް އެޗްޑީސީން ވިސްނާފައިވާ ކަމަށެވެ. 

ކުލި ނުދައްކާ ފަރާތްތަކުގެ އަދަދު ގިނަކަން ފާހަގަ ކުރައްވަމުން ސުހެއިލް ވިދާޅުވީ މިކަންކަމާއި ގުޅޭގޮތުން އެޗްޑީސީން އެޓާނީ ޖެނެރަލް އާ މަޝްވަރާކުރައްވާނެ ކަމަށެވެ. 

"ކުލި ނުދައްކާ ފަރާތްތައް ގިނަކަން ފާހަގަވެސް ކުރެވޭ އިގޭތޯ. މި ކަމަށް އެޗްޑީސީން ފިވަޅު އަޅާނަން. އެޓާނީ ޖެނެރަލްއާ މަޝްވަރާކުރަން މި އުޅެނީ މި ކަމުގައި." ސުހެއިލް ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ ކުލި ނަގަަން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުން ފެށިގެންނެވެ. އެތަންތަނުގެ މަހު ކުއްޔަކީ މެއިންޓަނެންސް ފީ ހިމަނައިގެން ކޮންމެ އެޕާރޓްމަންޓަކަށް 8،500 ރުފިޔާއެވެ.

ހިޔާ ފުލެޓުތަކުގެ ކުލި ބޮޑުކަމަށް ބުނެ ހިޔާ ޔުނިއަނުން ވަނީ ކުލި ނުދެއްކުމަށް އެތަންތަނުގެ ވެރިންނަށް ގޮވާލާފައެވެ. 

ހިޔާ ފުލެޓުތައް ލިބޭ ފަރާތްތަކާއި ފުލެޓުތައް ހަވާލުކުރުމަށްފަހު އެޗްޑީސީން ވަނީ އެއްވެސް ކުއްޔެއް ނުނަގައި 7 މަސްދުވަހުގެ މުއްދަތެއް އެފަރާތްތަކަށް ދީފަ އެވެ. 

ހިޔާ ފުލެޓުތަކުގެ ކުލި ބޮޑުކަމަށްބުނެ މިދިޔަ މަހުގައި ހިޔާ ފުލެޓުތައް ހިމެނޭ ސަރަހައްދުގައި މުޒާހަރާވެސް ކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

42%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް