ads
ޝައުނާ
ފައްޔާޒަށް ޝައުނާ ކުރެއްވި ތައުރީފާއިއެކު ނަޝީދު ހިތްހަމަ ނުޖެހިއްޖެ
އެމްޑީޕީގެ ޗެއަޕާސަަން ކަމަށް އެންމެ ގާބިލުބޭފުޅަކީ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކަމަށް ވިދާޅުވެ މިނިސްޓަ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ، ނަޝީދު ތައުރީފު ކުރެއްވުމުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަޖެހިވަޑައިނުގަތް ރައްދުދެއްވައިފި އެވެ.

ރައީސް ނަޝީދު ސީދާ ޝައުނާގެ ނަން ގެންނަވާ ކުރެއްވި ޓްވީޓެއްގައި ވަނީ އަމިއްލަ ވަޒީފާއަށް ފަހިވާނެގޮތަށް އެމްޑީޕީ އަކީ ކޮބައިކަން ބަޔާންކޮށްދެން ނޫޅުމަށް އެދިފައެވެ. އަދި އެމްޑީޕީއަކީ ކޮބައިކަން ޕާޓީގެ އާއްމު މެމްބަރުންނަށް ވަރަށް ރަނގަޅަށް އެނގޭނެކަމަށް ވިދާޅުވިއެވެ. 

ޝައުނާއަށް ބަހުގެ ހަމަލާ ރައީސް ނަޝީދު ރައްދުކުރައްވާފައި މިވަނީ، ފަޔާގެ ކެމްޕެއިންއަށް ދިން އިންޓިވިއުގައި ފައްޔާޒަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ އެމްޑީޕީ އާއި ބެހޭގޮތުން ވާހަކަދައްކަވާފައިވާތީއެވެ.

އެއިންޓަވިއުގައި ޝައުނާ ވަނީ، ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އެމްޑީޕީން ގައުމަށް ގެނެސްދިން ކުރިއެރުންތަކާއި، 2018ވަނަ އަހަރު ރައީސް ސޯލިހުގެ ޒައާމަތުގެ ދަށުން އެމްޑީޕީން ގައުމަށް ކޮށްދެމުން އަންނަ މުހިންމު ކަންތައްތަކާއި ބެހޭގޮތުން ވާހަކަދައްކަވާފައެވެ. 

އެގޮތުން އެމްޑީޕީއަކީ ރާއްޖޭގެ މުޅި ސިޔާސީ މަސްރަހު ބަދަލުކޮށްލި ޕާޓީއެއްކަން ފާހަގަކުރައްވާ، އެންމެ ފުރަތަމަ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖެހުން ހުއްޓުވުމާއި، އަތްފޯރާ ހަމައެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ލާޒިމުކަމެއް ކަމުގައި ހެދުމުގެ އިތުރުން، ޓްކެސްގެ ނިޒާމެއް ތައާރަފުކުރުން ފަދަ ކަންކަން ފާހަގަކުރިއެވެ. 

ހަމައެގޮތަށް މިހާރުގެ އެމްޑީޕީ ވެރިކަމުގައިވެސް އެފަދަ މުހިންމު ސިޔާސަތުތަކެއް ތަންފީޒުކުރަމުން އަންނަކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ، 10000 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވޭނެ އިންތިޒާމު ފަހިކޮށްދެވިފައިވާ ކަމަށާއި، މިނިމަމް ވޭޖް ފަހިކޮށްދެވުންފަދަ ކަންކަން ކުރަމުން އަންނަ ކަމަށެވެ. 

އަދިވެސް ޕާޓީއާއެކު ކުރަން ބައިވަރު މަސައްކަތްތައް ހުރިކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ، އެމަސައްކަތްތައް ކުރެވެނީ އެމްޑީޕީގެ ޗެއައަކަށް ފައްޔާޒު ހުރުމުން ކަމަށެވެ. އަދި އެކަން ކުރެވެނެ ބޭފުޅަކީވެސް ފައްޔާޒު ކަމަށް އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް