ads
އައިޝަތު އަލީ ފައްޔާޒާއިއެކު
މިނިސްޓަރު އައިޝަތު އަލީގެ ތާއީދުވެސް ފައްޔާޒަށް
އެމްޑީޕީގެ ޗެއަޕާސަން އިންތިހާބުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީވެސް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުގެ ކެންޑިޑޭޓް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި އެކު ކަން ހާމަކުރައްވައިފި އެވެ.

އެކަން ހާމަކޮށް މިއަދު މިނިސްޓަރު އައިޝަތު އަލީ ވަނީ ފައްޔާޒާއިއެކު ނަގާފައިވާ ފޮޓޯގަނޑެއް ޓްވިޓާގައި ހިއްސާކުރައްވާފައެވެ. 

އައިޝަތު އަލީގެ ތާއީދު ފައްޔާޒަށް އޮތްކަން ހާމަކުރެއްވިއިރު، ސަރުކާރުގެ ގިނަ ވަޒީރުންތަކެއްގެ ތާއީދު ފައްޔާޒަށް އޮތްކަން އަންނަނީ ހާމަކުރަމުންނެވެ. އެގޮތުން މީގެ ކުރިން ހެލްތު މިނިސްޓަރު އަހްމަދު ނަސީމްވެސް ވަނީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކޮށްފަ އެވެ. އަދި މިއަދު މިނިސްޓަ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވެސް ވަނީ އެކަމަނާގެ ތާއީދު ފައްޔާޒަށް އޮތްކަން ހާމަކޮށް އެ ޓީމަށް އިންޓަވިއުއެއްވެސް ދީފައެވެ. 

އެކަމާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ހުދު ޝައުނާގެ ނަންފުޅު ޖައްސަވާ ޓްވީޓުވެސް ކުރައްވާފައެވެ. އަދި ފައްޔާޒަށް ތާއީދު ކުރައްވަނީ އަމިއްލަ ވަޒީފާގެ ޖާހަތުގައި ކަމަށް ވެސް ވިދާޅުވިއެވެ. 

މިމަހުގެ 14ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް އެމްޑީޕީގެ  ދެފެކްޝަނުން ވަރުގަަދަ ކެމްޕެއިންތަކެއް ކުރައްވަމުން ގެންދަވާއިރު، މި އިންތިހާބަކީ އެމްޑީޕީގެ 2023ވަނަ އަހަރުގެ ޕްރައިމަރީ އާއި ބެހޭގޮތުން ގޮތް ނިންމާނެ އިންތިހާބަކަށްވެސް ވަނީ ވެފައެވެ. 

އެކަމުގެ ސަބަބުން އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ، ސަރުކާރާއި އެކުގައި މަސައްކަތްކުރައްވަން ބޭނުންފުޅު ނުވާކަން ރައީސް ނަޝީދު ވަނީ މިފަހުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެސް ކުރައްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް