ads
ފުލުހުންގެ ވެހިކަލްތައްވެސް އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން
ވަޅިޖަހަނީ!! ސަލާމަތް އޮތީ ކޮން ބަޔަކަށް؟
މާލެއާއި ހުޅުމާލެ ބިރުވެރިކަމެއްގެ ތެރޭގައި އޮންނަތާ މިއަދަށް ހަތަރުވަނަ ދުވަހެވެ. މަގުމަތީގެ އަމާންކަން ގެއްލި ރައްޔިތުން ބިރުވެރި ކަމެއްގެ ތެރޭގަ އެވެ.

ދައްކަން މި އުޅެނީ ބަޔަކު މީހުން މި ގައުމު އަޅުވެތި ކުރި ވާހަކައެއް ނޫނެވެ. ނުވަތަ ބިރުވެރި ނާމާންކަމެއް ކުރިމަތިވެގެން އުޅޭ ވާހަކައެއްވެސް ނޫނެވެ. އަދި ގުދުރަތީ ބޮޑު ކާރިސާއެއް ދިމާވެގެން އެކަމުގެ ވާހަކައެއްވެސް ނޫނެވެ. މާރާމާރީތައް އިތުރުވެ، ވަޅި ޖަހާ ވާހަކަ އެވެ. 

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި އަލްވަދާއުކީ ވަރަށްގިނަ ނަސޭހަތާއި ފިލާވަޅުތައްވެސް ބުނެދީފަ އެވެ. ރިވެތި އަހުލާގާއި މަޑުމައިތިރިކަމެވެ. އިހްތިރާމް ކުރުމާއި އެހީތެރިކަމަށެވެ.

ނަމަވެސް ކަންކަން ހިނގަމުންދަނީ މިއާ މުޅިން ހިލާފަށެވެ. ފިތުރު އީދު ދުވަހުގެ އެންމެ މުނާސަބަތު ވަގުތުގައި މާލެ ފެންނަން އޮތީ ބިރުވެރިކަމުގެ ތެރޭގަ އެވެ. 

ވޭތުވެދިޔަ ފަސްވަރަކަށް ދުވަހު މާލޭ އާއި ހުޅުމާލޭގައި ހިނގައިދިޔަ މާރާމާރީ
  •  02 މޭ 2022 - އީދުވިލޭރޭ ފަތިހު 05:48 ހާއިރު މާވެޔޮ މިސްކިތް ކައިރިން ވަޅިން ހަމަލާދީ 23 އަހަރުގެ ދެ ޒުވާނަކު ޒަހަމްކޮށްލުން
  •  02 މޭ 2022 - އީދު ދުވަހުގެ ހެނދުނު 09:17 ހާއިރު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅުނު ހިސާބުގައި ވަޅިން ހަމަލާދީ ދެ ޒުވާނަކު ޒަހަމްކޮށްލުން
  •  04 މޭ 2022 - 21:17 ހާޢިރު ހުޅުމާލޭގައި ހުންނަ "ލަޔާ" ކެފޭއަށް ބަޔަކު ވަދެ ވަޅިން ހަމަލާދީ ބަޔަކު ޒަހަމްކޮށްލުން
  •  04 މޭ 2022 - 21:32 ހާއިރު ހުޅުމާލެ ފޭސް2 ގެ ބީޗު ސަރަހައްދުގައި ޒުވާނެއްގެ ގަޔަށް ވަޅިހަރައި ޒަހަމް ކޮށްލުން
  •  05 މޭ 2022 - ދަންވަރުގެ ވަގުތެއްގައި މާލޭ ސޯސަންމަގުގައި ހުންނަ ސިޓީ ބޭކަރީ ކައިރީގައި ވަޅިން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލުން

 ބެލެވޭ ގޮތުގައި މި މާރާމާތީތަކުގައި ހަރަކާތެރިވަނީ ގޭންގުތަކަށް ނިސްބަތްވާ މީހުންކަން އެނގެ އެވެ.

މާރާމާރީތައް ހުއްޓުވަން ފުލުހުން ބާރު ސްޕީޑެއްގައި
  •  05 މޭ 2022 - 00:15 ހާއީރު ހުޅުމާލޭ ފޭސް2ގެ 12 ވަނަ ޓަވަރުން މާރާމާރީ ހިންގި ކަމަށް ބެލެވޭ ފަސް މީހަކު ހައްޔަރުކުރުން
  • 05 މޭ 2022 - މާލެ އާއި ހުޅުމާލޭގައި ހިންގި މާރާމާރީތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހޯދުމަށް ވަނަވަރާއި ފޮޓޯ އާއެކު އާންމުކުރުން

your imageފުލުހުން ހޯދަމުން އަންނަ ހަތް މީހުން 

މީގެ ކުރިން ހިނގާފައިވާ މާރާމާރީތަކާއި ގުޅިގެން ފުލުހުންގެ ސީރިއަސްއެންޑް އޯގަނައިޒް ކްރައިމް ޔުނިޓުން މި މައްސަލަތައް ބާރު ސްޕީޑެއްގައި ތަޙްގީގު ކުރަމުންދާޢިރު ރޭ ހުޅުމާލޭގައި ހިންގާފައިވާ ދެ މާރާމާރީއަކާޢި ގުޅިގެން ފުލުހުންގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށްފައިވެ އެވެ. 

ހުޅުމާލޭގެ ދެސަރަހައްދެއްގައި ވަޅިޖަހައި ބަޔަކަށް ސީރިއަސް އަނިޔާތަކެއް ދިނުމަށްފަހު ފިލަން ދިޔަ ގޭންގު ގުރޫޕު ވަދެފައިވަނީ ފޭސް2 ގައި ހުންނަ 12 ވަނަ ޓަވަރަށެވެ. 

ގޭންގުތަކުން 12 ވަނަ ޓަވަރަށް ވަތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެނިގެންދިޔައީ ފުލުހުންގެ އެސްއޯ ޓީމުގެ ބޮޑު ފައުޖެއް އެސަރަހައްދަށް އެއްވި މަންޒަރެވެ. 

ތަންފީޒު ކުރާ އިދާރާތަކާއިމެދު ރައްޔިތުން ދެކޭ ގޮތް

ކުށް މަދު ކުރުމަށާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރި ދައުލަތުގެ އެކިއެކި އިދާރާތަކުން ކުރަމުންގެންދާ މަސައްކަތް އޮތީ ފިނިހަކަ ދުވެލީގައިކަން ރައްޔިތުންނަށް މިއަދު އެނގެއެވެ. 

ކުއްކުރުން ގިނަވުމާއި އެކަންކަން ހުއްޓުވަން އޮތް ހައްލަކީ ކޮބައިކަމާއި ބެހޭގޮތުން މިއަދު ކޮންމެ ރައްޔިތަކާއި ސުވާލުކޮށްލިއަސް އަންނަނީ ހަމަ އެންމެ ޖަވާބެކެވެ. ތަންފީޒީ އިދާރާތައް ފެއިލްވެފައިވާ ވާހަކަ އެވެ. 

" މާރާމާރީތައް ގިނަވީމަ އެވާހަ ދައްކަނީ އެންމެންވެސް. އެމީހުންނަށްދޭނެ އަދަބެއް ނެތް. ޖަލަށް ވެއްދީމަ މިނިސްޓަރުން ފެންވަރުގަ ގެންގުޅެން އެބަޖެހޭ. ބާރަށް ބަހެއް ބުންޏަސް ހިއުމަން ރައިޓްސްއާ ދެންތިބިހާ ބަޔަކު އެބަ އެކަމާބެހޭ. " ރޭގެ މާރާމާރީގައި ބަޔަކު ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު އެސަރަހައްދުގައި ހުރި މީހަކު ސީއެންއެމްއަށް ކިޔައިދިނެވެ. 

ކުށް މަދުކޮށް މި މުޖުތަމައު ކުށުގެ ވެށިން ސަލާމަތްކުރުމަށް ދައުލަތުގެ ތަންފީޒީ އިދާރާތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް މަސައްކަތްކުރަންޖެހޭކަމަށް މިއަދު ގަބޫލުކުރަން ޖެހެއެވެ. 

ރައްކާތެރި މުޖުތަމައުއެއް ބިނާކުރުމަކީ ސަރުކާރުގެ މައިގަނޑު މަގުސަދު ކަމުގައިވާއިރު މިކަމަށް ކަމާއިބެހޭ އިދާރާތަކުން މިއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. 

ގޭންގު ކުއްތައް އަނެއްކާވެސް އިތުރު ވަނީ އެވެ. " ވަޅިޖަހަނީ . ސަލާމަތް އޮތީ ކޮން ބަޔަކަށް " ހެއްޔެވެ؟ 

43%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
32%
ވަރަށް ސަލާމް
ކޮމެންޓްސް