ads
ހުސެއިން ސައީދު- މޯލްޑިވްސް ޔޫތު ފޯސް އިން އިންޒާރުދިން މީހާ
ރައީސް ޔާމީނަށް އިންޒާރުދިން މީހާ ރާއްޖެއިން ބޭރަށް ފުރުވާލައިފިކަމަށް ބުނެފި
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް އިންޒާރުދީ "ސައިޒު ކޮށްލާނެ" ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ވީޑިއޯ އާންމުކުރި މީހާ ރާއްޖެއިން ބޭރަށް ފުރުވާލާފައިވާކަމުގެ އަޑުފެތުރިއްޖެ އެވެ.

ރައީސް ޔާމީން ސައިޒު ކުރާނެކަމުގެ އިންޒާރު ދީފައިވަނީ މޯލްޑިވްސް ޔޫތު ފޯސްއިން އާންމުކުރި ވީޑިއޯ އަކުންނެވެ. 

މި ވީޑިއޯގައި ފެންނަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީއަށް ނިސްބަތްވާ ހުސައިން ސައީދު ނަމަކަށް ކިޔާ މީހެކެވެ.

މި ކަމުގެ މައުލޫމާތު ހޯދުމަށް ސީއެންއެމްއިން އިމިގްރޭޝަނަށް ގުޅާލުމުން ވިދާޅުވީ މިފަދަ ކަންކަމާއި ގުޅިގެން މީހުންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާ ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް އިންޒާރުދިންކަމަށް ބުނާ މީހާ ފުރުވާލާފައިވާކަމަށް ދެކެވޭ އެއްވެސް ވާހަކައެއް ސޯޝަލް މީޑިޔާއިން ފެނިފައިނުވާ ކަމަށެވެ. 

" އަޅުގަނޑުމެން މިފަދަ ކަންކަމުގައި މީހުންގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރަން. ތި ސޯޝަލް މީޑިޔާގައި އެ މީހާ [އިންޒާރު ދިން މީހާ] ފުރުވާލާފައިވާކަމަށް ބުނާ ވާހަކައެއް ނުދެކެން." އިިމިގްރޭޝަންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.

މޯލްޑިވްސް ޔޫތު ފޯސް އިން ރައީސް ޔާމީނަށް އިންޒާރުދިނުމަށް އާންމުކުރި ވީޑިއޯގައި ބުނެފައިވަނީ މި ގައުމުގައި ކުރިން ވެރިކަން ކުރި މީހަކު އަނެއްކާވެސް މި ގައުމު އިނދަ ޖައްސާލަން މަސައްކަތް ކުރާ ކަމަށެވެ.

މޯލްޑިވްސް ޔޫތު ފޯސްގެ އިންޒާރުދިނުމުގެ މި މައްސަލަ ޕީޕީއެމްގެ ފަރާތުން ވަނީ ފުލުހުންނަށް ހުށައަޅާފަ އެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.  

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް