ads
ރަންވޭއަށް ޖައްސަނީ--
ކައްދޫއަށް ޖައްސަން އުޅުނު މޯލްޑިވިއަންގެ ބޯޓެއް ރަންވޭމަތިން ކަހާލައިފި
ކައްދޫއަށް ޖައްސަން އުޅުނު މޯލްޑިވިއަންގެ ބޯޓެއް ރަންވޭމަތިން ކަހާލައިފި އެވެ.

މިކަންވަނީ މޯލްޑިވިއަންއިން ކަށަވަރުކޮށްދީފައެވެ. މޯލްޑިވިއަންއިން ބުނީ އެ ހާދިސާ ހިނގާފައިވަނީ ކައްދޫއަށް ޖައްސަން އުޅެނިކޮށް މިއަދު އިރުއޮއްސި 19:45ގައި ކަމަށެވެ.

ހުރިހާ ފަސިންޖަރުން މިހާރު އެ ބޯޓުން ބާލާފައިވާއިރު، އެއްވެސް ފަސިންޖަރަކަށް އަދި ކުރޫއަކަށް އަނިޔާއެއް ނުވާކަމަށް މޯލްޑިވިއަންއިން ބުނެއެވެ. ނަމަވެސް އެ ހާދިސާ ހިނގިވަގުތު ފްލައިޓުގައި ތިބި ފަސިންޖަރުންގެ އަދަދެއް ހާމައެއް ނުކުރެއެވެ. 

މިކަން ހިނގިގޮތް މޯލްޑިވިއަންއިން ދަނީ ބަލަމުންނެވެ. ކައްދޫ އެއާޕޯޓަށް ޖެއްސި ފްލައިޓެއް ކަހާލާފައިމިވަނީ، ރަންވޭގެ ތާރުގަނޑު ހަލާކުވެ ހިލަތައް މައްޗަށް އަރާފައި ހުންނައެ އެއާޕޯޓު ރަންވޭގެ ތާރުގަނޑު ހަލާކުވެ ހިލަތައް މައްޗަށް އަރާ، ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

މިއީ މޯލްޑިވިއަންގެ ފްލައިޓެއްގައި މިފަހުން ހިނގި މިފަދަ ތިންވަނަ ހާދިސާއެވެ. އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ރެޑީވެފައި އޮތް މޯލްޑިވިއަން ފްލައިޓެއްގެ ކޮކްޕިޓްގައި ރޯވެގެން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައިވެސް ފްލައިޓެއް ވަނީ ކެންސަލް ވެފަ އެވެ. އެވަގުތު ބޯޓުގައި 37 ޕެސެންޖަރުންނާއި 3 ކުރޫއިން ތިބި އެ ފްލައިޓުގެ ވިންޑް ޝީލްޑް ތަޅައިގެންގޮސްފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އެފަހަރުވެސް ގެއްލުމެއް ނުވެެެއެވެ. 

އަދި ކައްދޫއަށް ޖައްސަން އުޅުމުގެ ތެރޭ ދިމާވި ޓެކްނިކަލް މައްސަލަައަކާއި ގުޅިގެން މިދިޔަ އެޕްރީލް މަހުގެ 10ވަނަ ދުވަހު ވެސް ވަނީ މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއަައިއޭ) އަށް ޖައްސާފަ އެވެ. އެފަހަރު ކޫއްޑޫއިން ކައްދޫއަށް ދަތުރުކޮށް، ކައްދުއަށް ލޭންޑްކުރަން އުޅުނުއިރު ލޭންޑިން ގިއަރުގައި މައްސަލައެއް އުޅޭކަން ފާހަގަވެގެން އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް