ads
ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި މީހަކު ގެއްލިގެން ހޯދަނީ
ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި މީހަކު ގެއްލިގެން ހޯދަންފަށަފައިފި އެވެ.
ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި މީހަކު ގެއްލިގެން ހޯދަންފަށަފައިފި އެވެ.

ފުލުހުން ބުނެފައިވަނީ މިރޭ 07:07 ހާއިރު ދޮންފަނު ކައިރީގައި ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން ޑިންގީ ދަތުރުކުރަމުން އައިސްފައިވަނީ ބ. ދަރަވަންދޫއިން ފުރައިގެން ކަަމަށާއި، ޑިންގީ ޖެހިފައިވަނީ އޭދަފުށީ ފެރީ ލޯންޗަކާއި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ޑިންގީގައި ތިބީ ތިން މީހުން ކަމަށާއި، ގެއްލިގެން ހޯދަމުން އަންނަނީ އެކަކު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ގެއްލިގެން ހޯދަމުން އަންނަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އަނެއް ތިން މީހުން އެކްސިޑެންޓްވި ލޯންޗަށް ނަގާފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެކްސިޑެންޓަށްފަހު ޑިންގީ އަޑިއަށް ގޮސްފައިވާކަމަށެވެ.

ފުލުހުންގެ ލޯންޗަކާއި އާންމުންގެ ބަޔަކާއި ގުޅިގެން ދޯންޏެއްގައި ވެސް އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑް ޑައިވަރުން ކުރަމުން އަންނަކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް