ads
މާފުށީ ޑޮލަރު ޖަގަހައިގައި ފިޔާތޮށި ކުލަލަނީ--
ޕްރައިމަރީން ބަލިވުމުން މާފުށީ އެމްޑީޕީ ޖަގަހައިގައި ފިޔާތޮށި ކުލަ ލައިފި
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވި މާފުށީ ކައުންސިލުގެ ރައީސް އުސްމާން ރަޝީދަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން ސަޕޯޓަރުން ނިކުމެ އެރަށުގައި ހުންނަ އެމްޑީޕީ ޑޮލަރު ޖަގަހައިގައި ފިޔާތޮށި ކުލަ ލައިފި އެވެ.

އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ސީއެންއެމްއަށް ބުނި ގޮތުގައި  އެމްޑީޕީ ޕްރައިނަރީން އުސްމާންއަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން އޭނާގެ ސަޕޯޓަރުންނާއެކު އޭނާގެ ބޮޑުބޭބެއެއް ވަނީ މާފުށީ އެމްޑީޕީ ޑޮލަރު ޖަގަހާގައި ފިޔާތޮށި ކުލަ ލުމަށް މަސައްކަތްކޮށްފަ އެވެ. 

އެގޮތުން ފިޔާތޮށި ކުލަ ތައްޕެއް ހިފައިގެން ގޮސް، ޑޮލަރު ޖަގަހައިގައި ލާފާހުރި ރީނދޫ ކުލައިގެ މަތިން ފިޔާތޮށި ކުލަލާން ފެށި ކަމަށް ވެއެވެ. ނަމަވެސް މުޅި ޖަގަހައިގެ ކުލަ ފިޔާތޮށި ކުލައަށް ބަދަލު ނުކުރާ ކަމަށް ވެއެވެ. 

ސޯޝަލް މީޑިއާގައި މިކަމުގެ ފޮޓޯ އާއި ވީޑިއޯ މިހާރު ދައުރުވަމުން އަންނައިރު ވީޑިއޯއިން ވެސް ފެނިގެންދަނީ ޖަގަހައިގެ ތަންކޮޅެއްގައި ފިޔާތޮށި ކުލަލާފައި ހުރި މަންޒަރެވެ. މި ވީޑިއޯއާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ދަނީ ކައުންސިލުގެ ރައީސްއަށް އަމާޒުވަމުންނެވެ. 

ނަމަވެސް ކައުންސިލުގެ ރައީސްގެ ނަމްބަރަށް ނުގުޅޭތީ މިކަމާ ގުޅިގެން ބަހެއް ނުލިބެ އެވެ.

މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު މި ޕްރައިމަރީ ފާހަގަކުރެވެނީ ހަމަނުޖެހުންތައް ބޮޑު ޕްރައިމަރީއެއްގެ ގޮތުގަ އެވެ. އެގޮތުން ބައެއް ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުންތައް ވޯޓު ކަރުދާސްތަކެއް އަންދާވެސް ލިއެވެ. އަދި ވޯޓު ފޮށި ޖަހައިގަނެ މަގުމައްޗަށް ވޯޓު ކަރުދާސްތައް އުކާލި މައްސަލައެއް ވެސް ފެންމަތިވި އެވެ. 

އެހެންވެ އެ ޕާޓީން ވަނީ ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލް ވެސް ކޮށްފަ އެވެ. 

39%
ކަމުގޮސްފި
42%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް