ads
ފައްޔާޒު އަދި ޝިފާ
ޝިފާގެ ސުވާލެއް: އެމްޑީޕީގެ ކަމެއްގައި ފައްޔާޒު އުޅުއްވީ ކޮން އިރަކުތޯ؟
އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ކުރިމަތިލައްވާފައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކަމެއްގައި އުޅުއްވީ ކޮން އިރަކުތޯ ވިދާޅުވެ ،މާލޭ ސިޓީގެ ކުރީގެ މޭޔަރ ޝިފާ މުހައްމަދު ސުވާލު އުފައްދަވައިފިއެވެ.

އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓް ނައީމައްތަ، ފައްޔާޒަށް ތާއީދު ކުރިކަން ހާމަކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއް ޓެގް ކުރައްވައި ކުރީގެ މޭޔަރ ޝިފާ ސުވާލު އުފައްދަވަފައިވަނީ ޓްވިޓަރގައެވެ.

އެމްޑީޕީގެ ކަމެއްގައި ފައްޔާޒު އުޅުއްވީ ކޮން އިރަކުތޯ؟

އެމްޑީޕީގެ ޗެއަރޕަރސަން ކަމުގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ހުންނެވީ ފައްޔާޒް އިސްމާއީލާ ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކޭމޕްގައެވެ. ދެ ކޭމްޕުގެ ފޯރި އިންތިހާއަށް ގަދަވެފައިވާ އިންތިހާބު އޮންނާނީ މި މަހުގެ ސާދަވަނަ ދުވަހުއެވެ.

50%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް