ads
އިންޑިއާގެ އަންދްރަ ޕްރަދޭޝް
ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ މަރުވެފައި އޮތްވާ ފެނިއްޖެ
އިންޑިއާގެ އަންދްރަ ޕްރަދޭޝް އިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

ކުއްޖާ ގެއްލިގެން ކުއްޖާގެ އާއިލާއިން ވަނީ ރޭގެ ވަގުތެއްގައި އެ އަވަށުގެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. ފުލުހަށް މައްސަލަ ހުށައަޅަމުން ކުއްޖާގެ އާއިލާއިން ދިން ބަޔާނުގައި ބުނެފައިވަނީ، އެކުއްޖާ ގެއްލިގެން ހޯދަން ފެށީ އެކުވެރިންނާއި އެކު ހަވީރު ބޭރަށް ދިޔަ ގޮތަށް އެނބުރި ގެއަށް ނައިސް ލަސްވުމުގެ ސަބަބުން ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެކުއްޖާގެ އެކުވެރިންނަށް އާއިލާއިން ވަނީ ތުހުމަތު ކޮށްފައެވެ. 

މިކަމާއި ގުޅިގެން ފުލުހުން ވަނީ އަންހެން ކުއްޖާގެ އެކުވެރިންނާއި ސުވާލުކޮށްފައެވެ. އެހެން ނަމަވެސް އެކުދިން ވަނީ ހަވީރު އެއްކޮށް އުޅުމަށްފަހު ހުރިހާ އެންމެން ގެއަށް ދިޔައީ ކަމަށާއި، އެ އަންހެން ކުއްޖާވެސް ގެއަށް ދިއުމަށް މިސްރާބު ޖެހި ކަމަށް ބުނެފައެވެ. 

އެހެން ނަމަވެސް ފުލުހުންނަށް އެ ކުދިންގެ ބަޔާނުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އިތުރަށް ސުވާލުކޮށް ތަހުގީގު ކުރުމުން، އެކުދިން އެކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަން ވަނީ އެނގިފައި ކަމަށް ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. އަދި އެކުއްޖާ އަށް އަނިޔާކުރި ތަން ފުލުހުންނަށް އެކުދިން ވަނީ ދައްކާފައެވެ. 

ފުލުހުންނަށް އެކުއްޖާ ފެނިފައިވަނީ، އެ ސަރަހައްދުގައި ހުރި ފަޅު ގެއެއްގެ ތެރެއިންނެވެ. ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ކޮށްފައި ވާއިރު، އެ އަންހެން ކުއްޖާގެ ދެ އަތާއި ދެ ފައި ބަނދެފައި ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކުއްޖާގެ އަނގަމަތީ ފޮތިގަނޑެއް ބަނދެފައި ހުރި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނީ، އެކުއްޖާ މަރުވީ ދިން އަނިޔާތަކުގެ އިތުރުން މޫނު މަތީ ބަނދެފައި ހުރި ފޮތިގަނޑުގެ ސަބަބުން ނޭވާ ލުމަށް ދަތިވެގެން ކަމަށެވެ. އަދި ކުއްޖާއަށް ލިބިފައިވާ އިތުރު ގެއްލުންތައް އެނގޭނީ ޕޯސްޓްމޯޓަމް އަށް ފަހު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލަ އާއި ގުޅިގެން އުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ ފަސް ކުދިން ފުލުހުން ވަނީ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

18%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
45%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް