ads
ހޮސްޕިޓަލެއް---
ބަލިމީހުންގެ ހައްގުތަކަށް ފަރުވާކުޑަކުރާ މީހުންނަށް މާތްﷲ ރުހިވޮޑި ނުގަންނަވާ
މާތްﷲ އަށާއި އެކަލާންގެ ރަސޫލާ މުހައްމަދުގެފަނަށް އަދާކޮށްދޭންޖެހޭ ހައްގުތަކުގެ އިތުރުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމުގައި ރައްކާތެރިވެތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

ހެޔޮ އަމަލުކުރުން ގިނަ ކުރުމާއި މުންކަރާތްތަކުން ދުރުހެލިވެތިބުމަށް ނަސޭހަތްތެރިވުމާއެކު އަނެކުންގެ ހައްގުތައް އަދާކުރުމަކީ މުހިންމު ކަމެއްކަމުގައި ހުތުބާގައި ފާހަގަކޮށްފައި ވެއެވެ. 

މިއަދުގެ ހުތުބާގައި އެންމެ ބޮޑަށް އަލިއަޅުވާފައިވަނީ ބަލިމީހުންނަށް ޒިޔާރަތް ކުރުމުގެ މައްޗަށެވެ. ހުތުބާގައި ވަނީ ބަލި މީހުންނަށް ޒިޔާރަތް ކުރުމަކީ ބޮޑުވެގެންވާ ސަވާބު އެމީހަކަށް ލިބޭނެ ކަމެއް ކަމުގަ އެވެ. 

ބަލިމީހުންނަށް އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމަށް ފަރުވާކުޑަކުރާ މީހުންނަށް މާތްﷲ ރުހިވޮޑި ނުގަންނަވާ ކަމުގައިވެސް ހުތުބާގައި ބުނެފައި ވެއެވެ. އަދި ބަލިމީހުންނަށް ޒިޔާރަތް ނުކުރުމުން އެކަމުގެ ސުވާލު ގިޔާމަތްދުވަހުން ކުރެވޭނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ. 

ބަލިމީހުންނަށް އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމަށް ފަރުވާކުޑަކުރާ މީހުންނަށް މާތްﷲ ރުހިވޮޑި ނުގަންނަވާ. ބަލިމީހާ އޮތީ ހޮސްޕިޓަލުގައި ނުވަތަ ގޭގައި ކަމުގައި ވިޔަސް، މިކަމުގައި ތަފާތެއް ނެތް. ބަލިމީހުންނަށް އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމަށް ފަރުވާކުޑަކުރާ މީހުންނަށް މާތްﷲ ރުހިވޮޑި ނުގަންނަވާ" ހުތުބާގައިވެ އެވެ.

އިސްލާމްދީނަކީ މީސްތަކުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުންމަތީ ދެމިއޮންނަ ދީނެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ ދިރިހުރި އިރު އޮތް ގުޅުންތައް މަރުވުމަށްފަހުގައިވެސް ދަމަހަށްޓަން ޖެހޭނެ ކަމަށެވެ. އެގޮތުން ޖަނާޒާގައި ބައިވެރި ވުމާއި މައްޔިތާގެ މައްޗަށް ހެޔޮ ދުއާކުރުމަކީ އެ މައްޔިތާއަށާއި އަމިއްލަ ނަފުސަށްވެސް އޭގެއިން ގިނަގުނަ ސަވާބާއި ދަރުމަ ލިބޭނެ ކަމެއް ކަމުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް