ads
ފ.ނިލަންދޫ އާސާރީ ސަރަހައްދުގައި ހުރި އާސާރީ ބިނާއެއް
އާސާރީ ބުދުތައް އިންޑިޔާއިން މަރާމާތުކުރާ ވާހަކަ އެއީ ދޮގެއް: ހެރިޓޭޖު
ރާއްޖޭގައި ހުރި ބުދުދީނުގެ އާސާރުތައް އިންޑިޔާއިން މަރާމާތުކުރަން އުޅޭ ވާހަކަ އަކީ ދޮގެއްކަމަށް ނޭޝެނަލް ސެންޓާފޯ ކަލްޗާ އެންޑް ހެރިޓޭޖުން ބުނެފި އެވެ.

ހެރިޓޭޖުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ހުރި ބުދުދީނުގެ އާސާރުތައް އިންޑިޔާއިން މަރާމާތުކުރަން އުޅޭކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. 

ނ.ލަންދޫ މާބިގެ ސަރަހައްދުގެ ފޮޓޯތަކެއް ބޭނުންކޮށްގެން އެސަރަހައްދުގައި ހުރިކަމަށް ބެލެވޭ ބުދުދީނުގެ އާސާރުތައް އިންޑިޔާއިން މަރާމާތުކުރަން އުޅޭކަމަށް ދޭހަވާ ގޮތަކަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ކަމަށާއި އެއީ ހަގީގަތާއި ހިލާފު ދޮގު ވާހަކައެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. 

ސަގާފީ ތަރިކައިގެ ދާއިރާއިން އިންޑިޔާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކަކީ މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތަކާއި، ތ.ދިޔަމިގިލީ ގަނޑުވަރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތަކާއި، ނ.ލަންދޫ މާބަދިގެ (ހަތްކަ) ނުވަތަ މާބުދުގެ ސަރަހައްދުގައި ދާރުލް އާސާރަކާއި ހެރިޓޭޖު ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ކަމަށް ހެރިޓޭޖުން ބުންޏެވެ. 

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ މުޖުތަމައުގެ ހަމަޖެހުން ގެއްލި ދިވެހިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭގޮތަކަށް މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަކީ އެދޭ ކަމެއް ކަމަށެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް