ads
އީޔޫގެ ވަފުދެއް އައްސޭރި ޖަލަށް ޒިޔާރާތްކުރުން-- ފޮޓޯ: ކަރެކްޝަންސް
އީޔޫގެ ވަފުދެއް އައްސޭރި ޖަލަށް ޒިޔާރަތްކޮށްފި
ހިންމަފުށީގައި ހުންނަ އައްސޭރީ ޖަލަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދެއް ޒިޔާރާތްކޮށްފި އެވެ.

އީޔޫގެ ވަފްދު ވަނީ ޖަލަށް ޒިޔާރާތް ކުރައްވާ އެތަނުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލާފަ އެވެ.

ކަރެކްޝަންސުން ބުނި ގޮތުގައި އީޔޫގެ ވަފްދާއެކު ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅުގެ އިތުރުން ކަރެކްޝަންސްގެ އިސް ބޭފުޅުން ވެސް ވަނީ ޖަލުގެ ކަންކަން ބައްލަވާލައްވާފަ އެވެ.

މީގެ ކުރިން ވެސް އީޔޫގެ ވަފުދުތައް ރާއްޖޭގެ އެކި ޖަލުތަކަށް ޒިޔާރާތްކޮށް އެތަންތަނުގެ ހާލަތު ބައްލަވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް