ads
ނިލަންދޫގައި އޮތް ހަރަކާތުގެ ތެރެއިން
ޤުރުއާން މުބާރާތުގެ ޝަރަފުވެރި މެހެމާނަށް މަރުހަބާ ކިޔަން ލަވަޔާ މިއުޒިކް!
ފ. ނިލަންދޫގައި ބާއްވާ ޤުރުއާން މުބާރާތެއް ޝަރަފުވެރިކޮށްދެއްވުމަށް ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ އެމްބެސެޑަރު ނިލަންދޫއަށް ވަޑައިގެންނެވުމުން ލަވަޔާއި މިއުޒިކުން މަރުހަބާ ކިޔައިފިއެވެ.

ޕާކިސްތާނު އެމްބެސަޑަރަށް ނިލަންދޫ މަރުހަބާ ކިޔުމަށް ބޭއްވި އިވެންޓުގައި ދެ ޖިންސުގެ މީހުން ބައިވެރިވެގެން އޮތީ ދަނޑި ޖެހުމުގެ ހަރަކާތެކެވެ. ނިލަންދޫ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ލަވަޔާ މިއުޒިކް ހިމަނައިގެން، ޤުރުއާން މުބާރާތުގެ ޝަރަފުވެރި މެހެމާނަށް މަރުހަބާ ކިޔުން ރަނގަޅެއް ނޫނެވެ.

ޤުރުއާން މުބާރާތެއްގެ ނިމުން އަޅުގަނޑުމެން ފާހަގަ ކުރަން މި އުޅެނީ. ލަވަޔާ މިއުޒިކާ ނުލައިވެސް މިކަން ކުރެވޭނެ. ކައުންސިލަރުން ނުކުމެ އަންހެނުންނާ ފިރިހެނުން ބައިވެރިވެގެން ދަނޑި ޖަހައި މިއުޒިކް ކުޅުން މިއީ އެއްގޮތަކަށްވެސް މި ކުރަން އުޅޭ ކަމާ މުނާސަބުވެސް ކަމެއް ނޫން. މިއީ ވަރަށް ދެރަކަމެއް.

ފ. ނިލަންދޫގައި ބާއްވާ ޤުރުއާން މުބާރާތް "ނިލަންދޫގެ އެންމެ އަލިގަދަ ތަރި" މި މުބާރާތުގެ ފައިނަލް އޮންނާނީ މިރެއެވެ. ފައިނަލް ރޭގެ ޝަރަރުވެރި މެހެމާނަކަށް އެ ރަށަށް ވަޑައިގެންނެވީ، ޕާކިސްތާނު އެމްބެސަޑަރެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
70%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް