ads
ފ. ނިލަންދޫގެ އެންމެ އަލިގަދަ ތަރި ޒަހާ
ފ. ނިލަންދޫގެ އެންމެ އަލިގަދަ ތަރިއަކަށް ޒަހާ
ރަމަޟާން މަހު ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ، "ނިލަންދޫ ތަރި" ޤުރުއާން މުބާރާތުގެ އެއްވަނަ މަގާމް، ފ. ނިލަންދޫ ހުސްނުހީނާގޭ ޒަހާ އިސްމާއީލް ނަސީރު ހޯދައިފިއެވެ.

ޓީވީއެމުން ކުރިއަށް ގެންދިޔަ، ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ކޮންސެޕްޓަށް، ކޮންމެ ހަފުތާއަކު ބައިވެރިއަކު އެލިމިނޭޓްވަމުންދާ ގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލް އޮތީ ހުކުރު ދުވަހުގެ ރޭއެވެ. ހުކުރު ދުވަހުގެ ރޭ އޮތް ފައިނަލްގައި ފަސް ބައިވެރިވެއަކު ވާދަކޮށް އެއްވަނަ މަގާމް ހޯދީ ޒަހާ އިސްމާއީލް ނަސީރުއެވެ. މި މުބާރާތުގެ އެލިމިނޭޝަން ބުރު ފެށިގެން ކުރިއަށް ދިޔައީ ބާރަ ބައިވެރިންނާއެކުއެވެ. 

ނިލަންދޫގައި ހުކުރު ދުވަހުގެ ރޭ އޮތް ފައިނަލް ބުރު ޝަރަފުވެރިކޮށްދެއްވައި، ނިލަންދޫގެ އެންމެ އަލިގަދަ ތަރިއަކަށް ހޮވުނު ޒަހާއަށް އިނާމްތައް ހަވާލުކޮށްދެއްވީ، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. މުބާރާތުގެ އެއްވަނަ މަގާމް ހޯދުމުން އުމްރާ ދަތުރެއްގެ އިތުރުން އެކި ފަރާތްތަކުން ހުށަހަޅާފައިވާ ފައިސާގެ އިނާމް ޒަހާއަށް ލިބުނެވެ. 

ފ. ނިލަންދޫއަކީ ޤުރުއާންގެ ރޮނގުން މަޝްހޫރު އެތައް ޤާރީންނެއް ނިސްބަތްވާ ރަށެކެވެ. މި މުބާރާތުގެ ފަނޑިޔާރުންގެ ތެރޭގައި، ޓީވީއެމުން ކުރިއަށް ގެންދިޔަ އެންމެ އަލިގަދަ ތަރި ޕްރޮގްރާމް ކާމިޔާބުކޮށްފައިވާ ނިލަންދޫގެ އަލްޤާރީ މުހައްމަދު އިސްމާއިލްވެސް ހިމެނިވަޑައިގަންނަވައެވެ. މި އަހަރުގެ ރަމަޟާން މަހު ފެށި މި މުބާރާތް މިއަށްވުރެ ފުރިހަމައަށް ކުރިއަށް އޮތްތާނގައި ކުރިއަށް ގެންދިޔުމަށް ނިލަންދޫ ކައުންސިލުންވަނީި ނިންމާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް