ads
ސައީދު ޔޫސުފް
އުމްރާއަށް ދިޔަ އުމުރުން ދުވަސްވީ ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ އުމުރުން ދުވަސްވީ ދިވެއްސަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ ޒަމްޒަމް ހައްޖު އެންޑް އުމުރާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ރ. މީދޫ އުމުރުން 71 އަހަރުގެ ސައީދު ޔޫސުފް ނަމަކަށް ކިޔާ މީހެކެވެ. 

ޒަމްޒަމް ގުރޫޕުން މައުލޫމާތު ދޭގޮތުގައި ސައީދު ޔޫސުފް ނިޔާވީ، އޭނާގެ ހާލު ދެރަވެ މައްކާގައި ހުންނަ ކިންގު ފައިސަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. 

އުމްރާގެ މަތިވެރި އަޅުކަމަށް ގޮސް އުޅެނިކޮށް މިދިޔަ މަހު ވެސް މީހަކު ވަނީ ނިޔާވެފަ އެވެ. ނިޔާވެފައި ވަނީ ބ. އޭދަފުށި ބަގީޗާގޭ އަބޫބަކުރު ހަސަންއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް