ads
ނަހުލާ އަލީ- ނަހުލާއަށް ވަނީ މިއަދު ވިލިމާލެ ނޭރުމަށް ބުނެ އިންޒާރުދީފަ
ނަހުލާ އަލީ ވިލިމާލެއަށް އެރުން މަނާކޮށް ބަޔަކު އިންޒާރުދީފި
މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމްގެ މެންބަރު ނަހުލާ އަލީ ވިލިމާލެއަށް ނޭރުމަށް އިންޒާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ނަހުލާގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވަނީ ނަހުލާށް ވިލިމާލެ އެރުން މަނާކޮށް ބަޔަކު އިންޒާރުދީފައިވާ ކަމަށެވެ. 

" ވިލިމާލެއަށް މިއަދު އަރައިގެން ނުވާނެކަމަށް މިއަދު ވަނީ އަޅުގަނޑަށް އަންގާފަ. ވަރަށް ދެރަވޭ އަޅުގަނޑާ ދޭތެރޭ ކަންތައްތައް މި ކުރާ ގޮތުން. " ނަހުލާ ބުނެފައި ވެއެވެ.

ނަހުލާގެ ސުލޫކީ މައްސަލައެއްވެސް ޕީޕީއެމުން މިވަނީ ބަލަން ފަށާފަ އެވެ. އަދި ޕީޕީއެމުން ވަނީ އެޕާޓީ ބަދުނާމުކޮށް ނަހުލާ ވާހަކަ ދައްކައި އެޕާޓީގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރާ ކަމަށްވެސް ތުހުމަތު ކޮށްފަ އެވެ. 

އެކަމާއި ގުޅިގެން ނަހުލާ ބުނީ، އޭނާ ހަގީގަތާއި ހިލާފު ދޮގު ވާހަކައެއް ދައްކާފައި ނުވާނެ ކަމަށެވެ. 

ނަހުލާ ބުނެފައިވަނީ "އެޕާޓީން ކަނޑާލިއަސް" ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށާއި، ކަމުގެ ހަގީގަތް ހާމަކުރައްވާނެ ކަމަށެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ނަހުލާ އެ ޕާޓިއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ދޮގު ވާހަކަތައް ފަތުރަން ފަށާފައިވަނީ، ވިލިމާލޭ ދާއިރާ، މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި މިޕާޓީގެ ޓިކެޓްގައި ވާދަ ކުރާ މިޕާޓީގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މައުލޫމާތު ހެއްކާއެކު ލިބި، އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި، ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމުން ކަމަށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް