ads
ބޮންޑަ ޓްވީޓް ކުރައްވާފައިވާ ފޮޓޯ
ފައްޔާޒު މިލަވެ ހަރުއަރާފައިވާ ޖިންސުލާ ކަމަށް ބުނުމުން އެކަން ކުށްވެރިކޮށްފި
މިލަވެ ހަރުއަރާފައިވާ ޖިންސެއްލައިގެން އަބަދު ގޭބިސީތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަންނަވާކަމަށް މާފަންނު މެދު ދާއިރާގެ މަޖިިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވުމުން އެކަން ފައްޔާޒްގެ ޓީމުން ކުށްވެރިކޮށްފި އެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއަޕާސަންގެ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް މީހެއް ކައިރީ ހުއްޓިހުރި ފައްޔާޒުގެ ފޮޓޯއަކާއިއެކު މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިލަވެ ހަރުއަރާފައިވާ ޖިންސެއްލައިގެން އަބަދު އުޅުމަކީ އަދި ގޭބިސީތަކަށް ވަނުމަކީ އެމްޑީޕީ މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ސާފުތާހިރު ކަމުގެ ނަމޫނާ ދައްކާން ކޮންމެ މެމްބަރަކު ވެސް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ. 

މީގެ އިތުުރުން މެމްބަރު ވިދާޅުވެފައިވަނީ މަޖިލީހުގެ ކޮމިޓީތަކަށް ޖިންސާއި ޓީސާޓު ލައިގެން "އަނގަފުރެންދެން ފޯއް އަޅައިގެން" ވަނުމާ ދެކޮޅަށް ފާޑު ކިޔާ އެކަން ވެސް ވާނީ މިހާރު ހުއްޓުވާފަ ކަމަށާއި، ދައުލަތު އިސްމަގާމުތަކުގައި ތިބޭ މީހުން ނަމޫނާ ވާންޖެހޭނެ ކަމަށެވެ. 

އެކަން ކުށްވެރިކުރައްވާ ފައްޔާޒުގެ ޓީމުން ބުނެފައިވަނީ، ވާދަވެރި ކެންޑިޑޭޓުގެ ޓީމު މެމްބަރުން އެމްޑީޕީ ހިންގާލަން ޓީމުގެ ކެމްޕެއިންނަށް ފުރުއްސާރަކުރަމުންދާ ކަމަށެވެ. އަދި އެކަން އެއީ ބަލާގަނެވޭނެ ކަމެއް ނޫންކަމަށާއި އެކަން ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ. 

މިމަހުގެ 14ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް އެމްޑީޕީގެ ދެފެކްޝަނުން ވަރުގަަދަ ކެމްޕެއިންތަކެއް ކުރައްވަމުން ގެންދަވާއިރު، މި އިންތިހާބަކީ އެމްޑީޕީގެ 2023ވަނަ އަހަރުގެ ޕްރައިމަރީ އާއި ބެހޭގޮތުން ގޮތް ނިންމާނެ އިންތިހާބަކަށްވެސް ވަނީ ވެފައެވެ. 

އެކަމުގެ ސަބަބުން އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ، ސަރުކާރާއި އެކުގައި މަސައްކަތްކުރައްވަން ބޭނުންފުޅު ނުވާކަން ރައީސް ނަޝީދު ވަނީ މިފަހުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެސް ކުރައްވާފައެވެ. އަދި ދެފެކްޝަނުގެ މެމްބަރުން ދަނީ ވާދަވެރި ޓީމަށް ބަހުގެ ހަމަލާތައް އެކި ގޮތްގޮތުން ރައްދުކުރަމުންނެވެ.

40%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް