ads
މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
އިމްރާނުގެ ވާހަކަތަކާ ގުޅިގެން ނަޝީދު ކަންބޮޑުވެ ވަޑައިގެންފި
މާފުށީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރީ ގޯސްކޮށް ކަމަށް ދެންނެވެން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވެ ވަޑައިގެންފި އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިނިސްޓަރު އިމްރާން ރޭ ވިދާޅުވީ، ސަލާމަތީ ނަޒަރުން ބަލާއިރު ފުލުހުން އަމަލުކުރީ ވަރަށް ގޯސްކޮށް ކަމަށް ދެންނެވެން ނެތް ކަމަށެވެ. . އެކަމަކު އެ ހާލަތު އެއަށް ވުރެ ރަނގަޅަށް ކޮންޓްރޯލް ކުރެވިދާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ އެކަން އެގޮތަށް ނުވީތީ ހިތާމަ ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

މިނިސްޓަރު އެހެން ވިދާޅުވެފައިވަނިކޮށް މިއަދު މަޖިލީހުގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާފުށީގައި ޓޫރިސްޓަކު ހައްޔަރުކުރީ ގޯހުން ނޫން ކަމަށް ދެކެވޭކަމީ ކަންބޮޑުވުން އިތުވާ ކަމެއް ކަމަށެވެ. އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހަކު އެރުމަކީ ރާއްޖޭގެ ރީތި ނަން ކިލަނބުވެ ޓޫރިސްޓު ވިޔަފާރިއަށް ނުހަނު ގެއްލުންވާނެ ކަންމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ފުލުހުން ބުނި ގޮތުގައި މާފުށީ މަގުމަތީގައި މަސްތުގެ ހާލުގައި ނިވާކަން ކުޑަކޮށް ހުރި ފަތުރުވެރި އަންހެނަކު އުޅެމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ލިބުމުން އޭނާ ހުއްޓުވުމަށް މަސައްކަތް ކުރިއިރު އޭނާ ވަނީ ނުކިޔަމަންތެރިކަން ދައްކާފަ އެވެ. އެހެންވެ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ ބިޑި އަޅުވައިގެންނެވެ. 

އެމީހާ ހައްޔަރުކޮށްގެން ގެންދާ ގޮތުގެ ވީޑިއޯ އެދުވަހު އާންމުވެ ގިނަ ބަޔަކު ވަނީ ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. އެގޮތުން އަންހެން ފުލުހަކު ނެތި، އަންހެނަކު ހައްޔަރުކުރަން މަސައްކަތް ކުރުމުން ގިނަ ބަޔަކު ފާޑުކިޔެވެ.  

ނަމަވެސް އެކަން ހިނގާދިޔަ ގޮތުގެ "އަނެއް" ފަރާތް ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހު އާންމުވި ވީޑިއޯއާއެކު ގިނަ ބަޔަކު ވަނީ ފުލުހުންނަށް ތައުރީފް ކުރަން ފަށާފަ އެވެ. އެގޮތުން އަންހެން މީހާ ހައްޔަރު ކުރުމުގެ ކުރިން، އެ މީހާއަށް ރަށުގެ ބައެއް ރައްޔިތުންނާއި ފުލުހުން ވެސް ނަސޭހަތްދޭ މަންޒަރު ފެނިގެންދެ އެވެ. ނަމަވެސް އަންހެން މީހާ އެއަޑުތަކަށް މާބޮޑު ސަމާލުކަމެއް ދިން މަންޒަރު ވެސް ވީޑިއޯއަކުން ނުފެނެ އެވެ. 

ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް އައި މިހާދިސާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ އަންހެން މީހާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު މައާފަށް އެދިވަޑައިގެންފަ އެވެ. އަދި ހާދިސާ ހިނގާދިޔަގޮށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވެސް ބަލަމުން އަންނައިރު އަންހެން މީހާ ހައްޔަރުކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރިވާން ޖެހުނީ މާފުށީގައި މިވަގުތު އަންހެން ފުލުހަކު ނެތުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް