ads
އެމްއެމްއޭ އިމާރާތް-- ފޮޓޯ: ސަން
ދައުލަތުގެ ރިޒާވް 685 މިލިއަން ޑޮލަރުގައި!
މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ހުރީ 685 މިލިއަން ޑޮލަރުގައި ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 685 މިލިއަން ޑޮލަރު ހުރި ކަމަށް ދައްކާއިރު މިއީ މިދިޔަ ޑިސެމްބަރު މަހާއި އަޅާބަލާއިރު 1.2 އިންސައްތައިގެ ކުރިއެރުމެކެވެ. 

އެގޮތުން ޑިސެމްބަރު މަސް ނިމުނުއިރު ރިޒާވްގައި 677 މިލިއަން ޑޮލަރު ހުއްޓެވެ. އެ އަދަދަކީ އަހަރު ނިމޭއިރު ރިޒާވްގައި ހުންނާނެ ކަމަށް ދައުލަތުން އަންދާޒާ ކުރި ވަރަށް ވުރެ 42 މިލިއަން ޑޮލަރުގެ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު އެންމެ ބޮޑަށް ރިޒާވް އިތުރުވެފައި ވަނީ ފެބްރުއަރީ މަހެވެ. އެގޮތުން އެމަހު، އެމަހު ދައުލަތުގެ ރިޒާވް ވަނީ 938 މިލިއަން ޑޮލަރަށް އަރާފަ އެވެ. 

ދައުލަތުން އަންދާޒާ ކުރާ ގޮތުގައި މިއަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް 863 މިލިއަން ޑޮލަރަށް އަރާނެ އެވެ. 

ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ރިޒާވް އެއް ބިލިއަން ރުފިޔާއަށް އެރުވުމަކީ ރައީސް އިބްރާހީމް މުހައްމަދުގެ ރިޔާސީ ވައުދުފުޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް