ads
މޫސުން ގޯސްވެ ކަނޑުވެފައިވާ ދޯންޏެއް
ރާޅުގެ އުސްމިން 8 ފޫޓުގައި، ބައެއް ރަށްތަކަށް އުދަވެސް އަރާނެ، ސަމާލުވޭ!
ރާޅުގެ އުސްމިން އަށް ފޫޓަށް އުފުލި، ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީއާއި ކަނޑުތައް ގަދަވެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެތީ ހުރިހާ ފަރާތަތަކުން ހާއްސަކޮށް، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އަންގައިފި އެވެ.

މެޓުން މިއަދާއި މާދަމާގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން މިއަދާއި މާދަމާގެ ރާޅުގެ އުސްމިން ފަސް ފޫޓާއި، އަށް ފޫޓަށް އުފުލޭނެކަމަށް މެޓުން ލަފާކުރެއެވެ.

މެޓުން ބުނީ މިއަދާއި މާދަމާ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެން ވާ ކަމަށެވެ. މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ. 

ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މިއަދު ބ. އަތޮޅުން ފެށިގެން ފ. އަތޮޅަށް އޮތީ ވައިޓް އެލާޓުވެސް ނެރެފައެވެ. 

މެޓުން މިމަހަށް ލަފާކުރާ މޫސުމުގައި ވާގޮތުން އެންމެ އުތުރު އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އާންމުކޮށް ވެހޭވަރަށް ވާރޭވެހޭނެ ކަމަށް ބެލެވުނު ނަަމަވެސް އެެހެން ހިސާބުތަކަށް ވާރޭވެހޭ މިންވަރު ކުޑަތަންކޮޅެއް މަދުވާނެކަމަށް ލަފާކުރެވެއެވެ.

މިދުވަސްވަރު ފިނިހޫނުމިން އުތުރުއަތޮޅުތަކުގައި އާންމު މިންގަޑުގައި ހުންނާނެކަމަށް ބެލެވޭ ނަމަވެސް އެހެން ހިސާބުތަކުގައި އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެ ކަމަށް ލަފާ ކުރެވޭކަމަށް ވެސް މެޓުން ބުނެއެވެ. 

ރާއްޖޭގެ ކަނޑުތައް ގަދަވެ އަށް ފޫޓަށް ކަނޑުތައް އުފުލޭނެކަމަށް މެޓުން ލަފާކުރާއިރު، އިންޑިއާ ކަނޑުގައި ވަނީ ދެ ތޫފާނެއް އުފެދިފަ އެވެ. އެއީ ބޭ އޮފް ބެންގަލް ސަރަހައްދުގައި އުފެދިފައިވާ ތޫފާން "އަސަނި" އާއި، ސަދަން ހެމިސްފިއާގައި އުފެދިފައިވާ ތޫފާން "ކާރިމް" އެވެ.

ތޫފާން އަސަނި އިންޑިއާގެ އަންދުރަ ޕްރަދޭޝާއި، އޮޑިޝާ ސަރަހައްދާއި ދިމާލަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ. އަދި މި މިތޫފާނުގެ ބާރު ކުރިއަށް އޮތް 24 ގަޑިއިރު ގަދަވާނެ ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާ (އައިއެމްޑީ) އިން ވަނީ ލަފާ ކޮށްފައެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
58%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް