ads
ފޮޓޯ: ނިއުސް ވަޔާ
ލަންކާ ސަރުކާރުގެ ބައެއް ސަޕޯޓަރުން ކޯރެއްގަ، ބައެއް ސަޕޯޓަރުން ކުނި ގާޑިޔަލުގަ
ލަންކާގެ އިދިކޮޅު ފަރާތްތަކުން އެގައުމުގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކާއި ކުރިމަތި ލާން ފެށުމުން ހިނގި ހަމަނުޖެހުން ތަކުން ސަލާމަތްވުމަށް ލަންކާގެ ސަރުކާރުގެ ބައެއް ސަޕޯޓަރުން ކޯރެއްގައި ތާށިވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ތިބި ސަރަހައްދަށް ލަންކާގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ގޮސް ހިންގި ހަމަނުޖެހުންތަކަށް ފަހު، އެ މީހުންނާއި ކުރިމަތި ލުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮސްފައެވެ. އެކަމާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި ހުރި ކޯރެއްގެ ތެރެއަށް ފައިބައިފައެވެ. 

އެ ކޯރަށް އެމީހުން ފޭބުމުން އިދިކޮޅު ފަރާތްތަކުން ވަނީ އެ މީހުންނަށް އެއްގަމަށް ނޭރޭނެހެން އެ ސަރަހައްދު ވަށާލާފައެވެ. އަދި އެ މީހުންނާއި ދިމާލަށް ފުޅި އާއި ގާ ފަދަ ތަކެތި ވަނީ އުކާފައެވެ. 

މީގެ އިތުރުން އެއްގަމަށް އަރަން މަސައްކަތް ކުރި ބައެއް ފަރާތްތައް ގަދަކަމުން ގެނެސް ކުނި ގާޑިޔާތަކަށް ލައިގެންދާ މަންޒަރުވެސް ވަނީ ފެނިފައެވެ. 

އަދިވެސް ލަންކާ ސަރުކާރުގެ ބައެއް ސަޕޯޓަރުން ތިބީ އެ ކޯރު ތެރޭ ތާށިވެފައި ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

ލަންކާގެ ކޮލަމްބޯގައި މިއަދު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެ ސަރަހައްދުގައި ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާން ކުރި ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ މީހުން ތިބީ މުޒާހަރާ ކުރުމަށް މަގުތަކަށް ނިކުމެއެވެ. 

މުޒާހަރާތައް ހޫނުވެ ދެ ފަޅީގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން އުފެދިފައި ވަނިކޮށް މީގެ ކުޑައިރުކޮޅެއް ކުރިން އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާ ވެސް ދެއްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް