ads
އަމަރްކްރީތި އަކްރޯލާ
ލަންކާގެ މަޖިލިސް މެމްބަރަކު އަމިއްލައަށް މަރުވެއްޖެ
ސްރީ ލަންކާގެ ވެރިކަން ކުރާ ޕާޓީ ކަމަށްވާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނާގެ މަޖިލިސް މެމްބަރުކަން އަދާ ކުރަމުން ދިޔަ އަމަރްކްރީތި އަކްރޯލާ މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

އަމަރަކެރްތީ އަތޮކޮރަލާ ވަނީ ލަންކާގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާ ތަކުގައި ބައިވެރިވި ދެމީހުންގެ ގަޔަށް މިއަދު ބަޑިޖަހާ އެ ދެމީހުން ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައެވެ. އޭނާ އެމީހުންގެ ގަޔަށް ބަޑިޖެހީ އޭނާ އިން ކާރަށް ދަތުރު ނުކުރެވޭ ގޮތަށް އިދިކޮޅު ފަރާތްތަކުން މަގު ބަންދު ކުރުމާއި ގުޅިގެން ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

މުޒާހަރާގެ ބައިވެރިންނަށް ބަޑިން ހަމަލާ ދިނުމަށްފަހު އޭނާ ވަނީ އެ ސަރަހައްދުގައި ހުރި ފަޅު ގެއެއް ތެރެއަށް ވަދެ ފިލާފައެވެ. އޭނާ އެތަނުން ނެރުމަށް އެތައް ހާސް ބަޔަކު ޖަމާވެ އަޑުފުލަމުން ދަނިކޮށް ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖައްސާފައެވެ. 

އެގައުމުގެ ނޫސްތަކަށް ފުލުހުން ދިން އިންޓަވިއުއެއްގައި ބުނީ، މުޒާހަރާގެ ބައިވެރިން އޭނާ އެތަނުން ނެރުމަށް މަސައްކަތް ކުރަމުން ދިއުމުން، ބިރުން އަމިއްލަ ގަޔަށް ބަޑިޖަހާ އަމަރްކްރީތި އަކްރޯލާ މަރުވެފައި ވާކަމަށެވެ. 

"އަހަރުމެން އެތަނަށް ދިޔައިރު، އޭނާ އޮތީ ގަޔަށް ބަޑިޖަހައިގެން އަމިއްލައަށް މަރުވެފެ. ބެލެވޭ ގޮތުގައި އޭނާ މަރުވީ މުޒާހަރާގެ ބައިވެރިން އޭނާ ހޯދުމަށް އެތަނަށް ޖަމާވުމުން ހަދާނެ ގޮތް ހުސްވެގެން ކަމަށް ބެލެވެނީ." ފުލުހުން ދިން އިންޓަވިއުގައި ބުންޏެވެ.

މިއަދު ހެނދުނުން ފެށިގެން ލަންކާގެ ކޮލަމްބޯގައި އަންނަނީ ބޮޑެތި ހަމަނުޖެހުންތަ ހިންގަމުންނެވެ. ލަންކާގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ މިއަދު ހެނދުނު އެގައުމުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުންދިޔަ ސަރަހައްދަށް ގޮސް މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީފައެވެ. 

އެގައުމުގެ މަސްރަހު ގޯސްވެފައި ވަނިކޮށް އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުން މަހިންދަ ރާޖަޕަކްސަ މިއަދުގެ ވަގުތެއްގައި ވަނީ އިސްތިއުފާ ދީފައެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް