ads
ކަނޑު ގަދަ ދުވަހެއް
ވިއްސާރަވެ މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި!
މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ވައިޓް އެލާޓް ނެރެފި އެވެ.

މުޅި ރާއްޖެއަށް ވިއްސާރަވެ މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 8:30 ގެ ނިޔަލަށެވެ. 

އެ އިދާރާއިން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިއަދު ދެކުނުގެ ސަރަހައްދުތަކަށް ރީނދޫ އިންޒާރު ވެސް ވަނީ ނެރެފައެވެ. މެޓް އޮފީހުން ކުރި އިއުލާނެއްގައި ބުނީ، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ކުރިއަށް ހުރި ވަގުތު ތަކުގައި ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

your imageކަނޑުގަދަ ދުވަހެއްގައި ބޯޓެއް ދަތުރު ކުރަނިކޮށް

އަދި އެ ސަރަހައްދުގެ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މި ސަމާލު އެއިދާރާއިން ނެރެފައިވަނީ މިއަދުގެ މެންދުރު 14:00 އާއި ހަމައަށެވެ. 

މެޓުން މިމަހަށް ލަފާކުރާ މޫސުމުގައި ވާގޮތުން އެންމެ އުތުރު އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އާންމުކޮށް ވެހޭވަރަށް ވާރޭވެހޭނެ ކަމަށް ބެލެވުނު ނަމަވެސް އެެހެން ހިސާބުތަކަށް ވާރޭވެހޭ މިންވަރު ކުޑަތަންކޮޅެއް މަދުވާނެކަމަށް ލަފާކުރެވެއެވެ.

މިދުވަސްވަރު ފިނިހޫނުމިން އުތުރުއަތޮޅުތަކުގައި އާންމު މިންގަޑުގައި ހުންނާނެކަމަށް ބެލެވޭ ނަމަވެސް އެހެން ހިސާބުތަކުގައި އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެ ކަމަށް ލަފާ ކުރެވޭކަމަށް ވެސް މެޓުން ބުނެއެވެ. 

ރާއްޖޭގެ ކަނޑުތައް ގަދަވެ އަށް ފޫޓަށް ކަނޑުތައް އުފުލޭނެކަމަށް މެޓުން ލަފާކުރާއިރު، އިންޑިއާ ކަނޑުގައި ވަނީ ދެ ތޫފާނެއް އުފެދިފަ އެވެ. އެއީ ބޭ އޮފް ބެންގަލް ސަރަހައްދުގައި އުފެދިފައިވާ ތޫފާން "އަސަނި" އާއި، ސަދަން ހެމިސްފިއާގައި އުފެދިފައިވާ ތޫފާން "ކާރިމް" އެވެ.

ތޫފާން އަސަނި އިންޑިއާގެ އަންދުރަ ޕްރަދޭޝާއި، އޮޑިޝާ ސަރަހައްދާއި ދިމާލަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ. އަދި މި މިތޫފާނުގެ ބާރު ކުރިއަށް އޮތް 24 ގަޑިއިރު ގަދަވާނެ ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާ (އައިއެމްޑީ) އިން ވަނީ ލަފާ ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް