ads
ފޮޓޯ: ނިއުސް ވަޔާ
ލަންކާގެ އެހި ހިސާބުތަކުގައި ބޮޑު ހުޅު!
ލަންކާގެ އެކި ހިސާބުތަކުގައި މުޒާހަރާގެ ބައިވެރިން އަލިފާން ޖަހަން ފަށައިފިއެވެ.

ލަންކާގެ ސަރުކާރާއި ދެކޮޅު ފަރާތްތަކުން އެގައުމުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަނިކޮށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެތަނަށް އެއްވެ ހަމަނުޖެހުން ހިންގަން ފެށުމުން އެގައުމުގެ މަސްރަހު ވަނީ އިތުރަށް ހޫނުވެފައެވެ. މަސްރަހު ހޫނުވެ އެގައުމުގެ ކޮލަމްބޯގައި ކާފިއު އިއުލާން ކޮށްފައި ވީނަމަވެސް ގިނަ އަދަދެއްގެ ފަރާތްތަކުން އަންނަނީ ވަރުގަދަ މުޒާހަރާތައް ކުރަމުންނެވެ. 

މުޒާހަރާތައް ހޫނުވެ އެގައުމުސް އަސްކަރިއްޔާއަށް ކޮންޓްރޯލް ނުކުރެވި ވަނިކޮށް އެގައުމުގެ މަޖިލީސް މެމްބަރުންގެ ގެ ތަކުގެ އިތުރުން މިނިސްޓަރުންގެ ގެ ތަކުގައި މުޒާހަރާގެ ބައިވެރިން އަންނަނީ ހުޅު ޖަހަމުންނެވެ. 

އެގޮތުން މިހާތަނަށް ހަތަރު މެމްބަރެއްގެ އިތުރުން މިނިސްޓަރެއްގެ ގޭގައި ވަނީ އަލިފާން ޖަހާފައެވެ. އޭގެ ތެރޭގައި ސްރީލަންކާގެ މަޖިލީސް މެންބަރެއް ކަމަށްވާ ސަނަތް ނިޝަންތާގެ ގޭގައި ރޯކޮށްލި އަލިފާން ގަނޑުގެ ސަބަބުން މުޅި ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. 

މީގެ އިތުރުން އެގައުމުގެ ކުރީގެ މިނިސްޓަރެއް ކަމަށްވާ ޖޯންސަން ފެނާންޑޯގެ އޮފީހުގައިވެސް ބަޔަކު ވަނީ ރޯކޮށްލާފައެވެ. އަލިފާން ރޯކޮށްލިއިރު އެ އޮފީހުގައި އެއްވެސް މީހެއް ނެތެވެ. 

މުޒާހަރާގެ ބައިވެރިން ވަނީ އެގައުމުގެ މިނިސްޓަރެއް ކަމަށްވާ ރަމޭޝް ޕަތިރަނާގެ ގޭގައިވެސް އަލިފާން ރޯކޮށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. 

އެގައުމުގައި މިހާރު ކުރަމުން އަންނަ މުޒާހަރާ ތަކާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދީފައެވެ. 

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް