ads
ލަންކާގެ މަގުމަތި
ހާލަތު ގޯސްވެ ލަންކާގެ ހުރިހާ ހިސާބެއްގައި ކާފިއު އިއުލާން ކޮށްފި
ސްރީލަންކާގެ ހާލަތު ގޯސްވެ ގިނަ ހިސާބުތަކެއްގައި ހުޅުޖަހާ ބޮޑެތި ހަމަނުޖެހުން ހިންގަން ފެށުމުން މުޅި ގައުމުގައި ކާފިއު އިއުލާން ކޮށްފިއެވެ.

މިކަމާއި ގުޅިގެން އެގައުމުގެ ފުލުހުންގެ ތަރުޖަމާން އެސްޕީ ނިހާލް އެގައުމުގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބުނީ، އެގައުމުގެ ހުރިހާ ހިސާބެއްގައި މިވަގުތުން ފެށިގެން ކާފިއު ހިންގަން ފަށާފައި ވާކަމަށެވެ. 

އަދި ކާފިއުއާއި ހިލާފަށް އަމަލު ކުރާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، ސަރުކާރު މުދަލާއި ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ފަރާތްތަކާއި ދެކޮޅަށް އެގައުމުގެ ގާނޫނު އަސާސީއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. 

އެގައުމުގެ ހުރިހާ ހިސާބެއްގައި ކާފިއު އިއުލާން ކޮށްފައި ވާއިރު، މިއަދު ހެނދުނުގެ ވަގުތެއްގައި ކޮލަމްބޯގެ ވަކި ހިސާބުތަކެއްގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް އެގައުމުގެ ގިނަ ހިސާބުތަކުގައި އެތައް ބަޔަކު އަންނަނީ މުޒާހަރާ ކުރަމުންނެވެ. 

އެގައުމުގައި މިއަދު ކުރަމުން އަންނަ މުޒާހަރާތައް ހޫނުވީ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އިދިކޮޅު ފަރާތްތަކުގެ މުޒާހަރާއަށް ވަދެ ހަމަނުޖެހުން ނަގާލުމުންނެވެ. އެ ހަމަނުޖެހުންތަކުގެ ސަބަބުން 100 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވެފައި ވާކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް