ads
މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ކުރިނބީ ލައިވް
މުޅި ރާއްޖެއަށް ނެރުނު ވައިޓްއެލާޓް ވަގުތު އިތުރު ކޮށްފި
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ނެރުނު ހުދު ސަމާލުގެ ވަގުތު އިތުރު ކޮށްފިއެވެ.

މެޓް އޮފީހުން ވަނީ ރެއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަމާލު ނެރެފައެވެ. އަދި ބައެއް ސަރަހައްދު ތަކަށް އެއިދާރާއިން ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. 

މެޓް އޮފީހުން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ، މިރޭ 20:30 އިން ފެށިގެން ދަންވަރު 01:30 އާއި ހަމައަށް މުޅި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ. 

މިއަދު ރާއްޖެ އަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައި މިވަނީ ރާއްޖޭގެ އެއްކޮޅުން ބޭ އޮފް ބެންގަލް ސަރަހައްދުގައި ތޫފާން "އަސަނި" އުފެދި އަދި އަނެއް ކޮޅުން ސަދަން ހެމިސްފިއާގައި ތޫފާން "ކާރިމް" އުފެދިފައި ވަނިކޮށެވެ. 

މި ދެތޫފާނާއި ގުޅިގެން ރާއްޖޭގެ މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ދެ ތޫފާނު ވެސް ދަތުރު ކުރަމުން ދަނީ ރާއްޖެއާއި ދުރަށް ނަމަވެސް ދެ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް