ads
ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
އެއް އާއިލާއެއްގެ ހަ ކުދިންނަށް ޖިންސީ ގޯނާ ކުރި މީހާ ދޫކޮށްލައިފި
އެއް އާއިލާއަކަށް ނިސްބަތްވާ ހަ ކުދިންނަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދިވެހި ފިރިހެން މީހާ ބަންދުން ދޫކޮށްލައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން މީގެ ކުރިން ބުނީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނަކު އެއް އާއިލާއެއްގެ ހަ ކުދިންނަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވާކަމަށާއި، އަދި ބަންދާއި މެދު ގޮތެއް ނިންމުމަށް އޭރު ކޯޓަށް ހާޒިރު ކުރުމުން 30 ދުވަސް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރި ކަމަށެވެ. 

އޭނާގެ ބަންދާއި މެދު އަލުން ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ. 

ބަންދުން ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި، ކުދިން މިހާރު ބޮޑެތިވެފައި ތިބުމާއި ޕީޖީ އޮފީހުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުން ވެސް ފާހަގަކޮށްފައިވާ ކަމަށްވެ އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި އުމުރުން 55 އަހަރުގެ ފިރިހެން މީހާ އަކީ އެ ކުދިންގެ ބޮޑުބޭބެ އެވެ. އެހެން ނަމަވެސް ކުޑަކުދިންގެ ގާނޫނުގެ ދަށުން މި ކުދިންގެ މައުލޫމާތު އާއްމު ކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް