ads
ފޮޓޯ: ނިއުސް ވަޔާ
ލަންކާ: ހަމަނުޖެހުންތަކުގައި ފުލުހަކު ހިމެނޭހެން ހަތް މީހުން މަރުވެއްޖެ
ލަންކާގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ހަތް މީހުން މަރުވެފައި ވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ލަންކާގެ ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، މިހާތަނަށް މި ހަމަނުޖެހުން ތަކުގައި ހަތް މީހުން މަރުވެފައި ވާކަން ކަށަވަރު ކުރެވިފައި ވާކަމަށާއި، އޭގެ ތެރޭ އުމުރުން 24 އަހަރުގެ ފުލުސް އޮފިސަރެއްވެސް ހިމެނޭ ކަމަށެވެ. 

ފުލުސް މީހާ މަރުވީ، އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެނެސް އެޑްމިޓް ކުރި ފަހުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

"ފުލުސް މީހާ މަރުވީ، މުޒާހަރާގެ ބައިވެރިން ޓެމްޕަލް ޓްރީސް ކައިރިން ދުރަށް ޖައްސަންވެގެން އުޅުމުގެ ތެރޭ، އޭނާ އަތުގައި އޮތް ކަރުނަ ގޭސް ބަޑި ގޮވައިގެން ކަމަށް ބެލެވެނީ."

މީގެ އިތުރުން ފުލުހުން ބުނީ، މިހާތަނަށް އެގައުމުގައި ހިނގަމުން އަންނަ ހަމަނުޖެހުން ތަކުގައި 220 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ބައެއް މީހުންގެ ހާލު ސީރިއަސް ކަމުން މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެން ވާކަމެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

އިއްޔެ މަރުވި މީހުންގެ ތެރޭ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަމަރަކީތީ އަތުކޮރަލާ ވެސް ހިމެނެއެވެ. އޭނާ މަރުވީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ބަޑިން ހަމަލާ ދިނުމަށްފަހު ފިލަން ވަން ތަނުން ނުނިކުމެވޭނެ ކަން އެނގުމުން އަމިއްލައަށް ގަޔަށް ބަޑިޖަހައިގެންނެވެ. 

ލަންކާގައި ހަމަނުޖެހުން ބޮޑުުވުމުގެ ސަބަބުން އަންނަ ބުދަ ދުވަހާއި ހަމައަށް އެގައުމުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް