ads
ޗައިނާގެ ފެކްޓްރީއެއްގައި މީހަކު މަސައްކަތް ކުރަނީ-- ފޮޓޯ: ގެޓީ އިމޭޖަޒް
ކޮރޯނާ ވައިރަހުގެ ސަބަބުން ބަންދުކުރި ފެކްޓްރީތައް އަލުން ހުޅުވުމަށް ޗައިނާއަށް ޕްރެޝާ ބޮޑުވެއްޖެ
ކޮރޯނާ ވައިރަހުގެ ސަބަބުން ބަންދުކޮށްފައިވާ ޗައިނާގެ ބޮޑެތި ފެކްޓްރީތައް އަލުން ހުޅުވުމަށް އެގައުމަށް ޕްރެޝާ ބޮޑުވެއްޖެ އެވެ.

ދުނިޔޭގެ ބައެއް ބޮޑެތި ކުންފުނިތަކުން ޕްރޮޑަކްޝަނަށް ބޭނުންވާ މައި ފެކްޓްރީތައް ހުންނަނީ ޗައިނާގަ އެވެ. އެހެންކަމުން މާދަމާ ފެކްޓްރީތައް ނުހުޅުވައިފި ނަމަ އެ ކުންފުނިތަކަށް ބޮޑެތި ގެއްލުންވުން އެކަށީގެންވެ އެވެ. 

ދުނިޔޭގެ އިގްތިސާދުގައި މުދާ ސަޕްލައި ކުރުމަށް ޗައިނާއިން އަދާ ކުރަނީ މުހިއްމު ދައުރެކެވެ. އެހެންކަމުން ފެކްޓްރީތައް ބަންދުކޮށްފައި ހުރުމުގެ އަސަރު މިހާރު ވެސް ވަނީ ކުރަން ފަށާފަ އެވެ.

އެގޮތުން އެޕަލް ކުންފުނީގެ އައިފޯން ތައްޔާރު ކުރާ މައި ދެ ކުންފުނި، ފޮކްސްކޯން އާއި ޕެގަޓްރޯންގެ ފެކްޓްރީތައް ވެސް ހުންނަނީ ޗައިނާގަ އެވެ. 

އެޕަލްގެ ޗައިނާ ފިހާރަތަކާއި އޮފީސް މިހާރު ބަންދުކޮށްފައި ވާއިރު، ޗައިނާގެ އާއި އަހަރުގެ ޗުއްޓީ ދިގުދެންމުމަށް ފަހު ފެބްރުއަރީ 10 ގައި އަލުން މަސައްކަތް ފެށޭނެ ކަމަށް ޗައިނާ ސަރުކާރުން އޮތީ ކުންފުނިތަކަށް އަންގާފަ އެވެ. 

ކާރު އުފައްދާ ބޮޑެތި ކުންފުނިތަކުގެ ޕްރޮޑަކްޝަނަށް ވެސް ބުރޫ އަރާފައި ވާއިރު، އެއާލައިނުތަކުގެ ދަތުރުތަކާއި، ބޮޑެތި ތީމް ޕާކްތަކާއި، ކެސީނޯ އަދި ރިސޯޓުތައް ބަންދު ކުރަން ޖެހުމުގެ އަސަރު ވެސް ދަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް