ads
އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމު ދިޔަ-
ބަރަހަނާ ހާލުގައި މޫދުގައި އޮތް ޒިޔާދު ބަންދުން ދޫކޮށްލައިފި
މަސްވެރިންގެ ޕާކް ސަރަހައްދުގައި ބަރަހަނާ ހާލުގައި މޫދުގައި ބަރަހަނާކޮށް އޮތްވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

އާއްމު މަސްލަހަތާއި ގުޅުންހުރި އަމަލެއް ކުރި ކަމުގެ ތުހުމަތުގައި އުމުރުން 40 އަހަރުގެ ޝޭޑީހޯމް/ ހަސަން ޒިޔާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.  

މި މައްސަލަ އާއި ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަސްވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ. އެހެން ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ފުލުހުން ވަނީ އޭނާ ކޯޓަށް ހާޒިރު ނުކޮށް ބަންދުން ދޫކޮށްލާފައެވެ. 

ޒިޔާދު ވަނީ މީގެ ކުރިން މާލޭގެ ދެ މިސްކިތަކަށް ވަދެ އެތަންތަނަށް ކުޑަކަމުދިއުމުގެ ސަބަބުން އޭނާއަށް ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލާފައި ހުއްޓާ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅުވެސް ޖަހާފައެވެ. 

އިބްރާހިމް މިސްކިތަށް ވަދެ ހަތިމަށް ކުޅު ޖެހުމުގެ އިތުރުން މިދިއަ އަހަރުގެ އޮކްޓޫބަރުމަހު އިސްލާމީ މަރުކަޒަށް ވަދެ ޖަމާއަތުގައި މީހުން ނަމާދު ކުރަންތިއްބާ ގިބްލައަށް ވާގޮތަށް ވެސް ހަސަން ޒިޔާދު ވަނީ ކުޑަކަމު ގޮސްފައެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރީ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އެފަހަރު އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަސް ވަނީ ބަންދަށް ޖަހައިދީފަ އެވެ. އެފަހުން ހަމައެމަހުގެ 20 ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.

ރައީސް އޮފީހާއި އިސްލާމީ މަރުކަޒު އަދި ހުކުރު މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ މައްސަލައަކާ ގުޅިގެންވެސް ފުލުހުން ޒިޔާދު ހައްޔަރުކުރިއެވެ. ނަމަވެސް އޭނާ ވަނީ ފަހުން ބަންދުން ދޫކޮށްލައިފަ އެވެ. 

އިސްލާމީ މަރުކަޒުގައި ނަމާދު ކުރަމުންދިޔަ ވަގުތެއްގައި އެމިސްކިތައް ވަދެ ގިބުލައަށް ވާގޮތަށް އިމާމު ކުރިމައްޗަށް ކުޑަކަމު ދިޔުމުގެ އިތުރުން މީހުން ނަމާދަށް ތިބި ވަގުތުގައި ހުކުރު މިސްކިތަށް ވަދެ އެ މިސްކިތަށާއި، އަދި ރައީސް އޮފީހުގެ ބޭރަށް ވެސް އޭނާ ވަނީ ކުޑަކަމު ގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް