ads
ފޮޓޯ: ނިއުސް ވަޔާ
ކުރިއަށް ހުރި ދުވަސްތަކުގައި ލަންކާގެ ހާލަތު އިތުރަށް ގޯސްވެދާނެ
ލަންކާގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތައް ކުރިއަށް ހުރި ދުވަސްތަކުގައި ބޮޑު ލޭ އޮހޮރުމަކަށް ބަދަލުވެދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ހާމަ ކޮށްފިއެވެ.

ލަންކާގެ ސަރުކާރާއި ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާ ތެރެއަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އިއްޔެ ވަދެ ހިންގި ހަމަނުހުންތަކާއި ގުޅިގެން އެގައުމުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިހާތަނަށް މި ހަމަނުޖެހުން ތަކުގައި ހަތް މީހުން މަރުވެފައި ވާއިރު 220 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. 

ލަންކާގެ ހާލަތު ގޯސްވެ އެގައުމުގެ މިނިސްޓަރުންނާއި ކުރީގެ މިނިސްޓަރުން ހިމެނޭހެން 27 މީހެއްގެ ގޭގައި މުޒާހަރާގެ ބައިވެރިން ވަނީ ހުޅުޖަހާ ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައެވެ. މީގެ އިތުރުން ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންގެ ގެ ތަކުގައިވެސް މުޒާހަރާ ކުރާ ފަރާތްތަކުން އަންނަނީ ހުޅު ޖަހަމުންނެވެ. 

މީގެ އިތުރުން ސަރުކާރު އޮފީސްތަކާއި، ވެހިކަލްތަކުގައިވެސް މުޒާހަރާ ކުރާ ފަރާތްތަކުން އަންނަނީ އަލިފާން ރޯކޮށްލަމުންނެވެ. 

މީގެ އިތުރުން އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަގެ ދެ ގެއެއްވެސް އެއްކޮށް އަންދާލާފައި ވާކަން ފާހަގަ ކޮށްލެވެއެވެ. 

އެގައުމުގެ މަސްރަހު ގޯސްވެފައި ވަނިކޮށް އެގައުމުގައި އިއްޔެ ވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނާއި ހަމައަށް ކާފިއު އިއުލާން ކޮށްފައެވެ. އެހެން ނަމަވެސް އެއްވެސް ހިސާބެއްގައި ކާފިއުގެ އުސޫލުތަކަށް ރައްޔިތުން ތަބާވަމުން ނުދާކަން ފާހަގަ ކޮށްލެވެއެވެ. 

އެގައުމުގެ ހާލަތު ގާތުން ދިރާސާ ކުރަމުން އަންނަ ފަރާތްތަކުން ވަނީ މި ހަމަނުޖެހުންތައް ނުހުއްޓިއްޖެނަމަ ކުރިއަށް ހުރި ދުވަސްތަކުގައި އެގައުމުގައި ބޮޑެތި ލޭ އޮހޮރުވުންތައް އާއްމުވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެގައުމުގެ ހާލަތު ގޯސްވީ އެގައުމުގެ ސަރުކާރުން ކުރި ކަންކަމުން ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް