ads
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
އާއިލާގެ 6 ކުދިންނާއި ބެހުނު މީހާ އަލުން ހައްޔަރުކޮށްފި
އެއް އާއިލާއަކަށް ނިސްބަތްވާ ހަ ކުދިންނަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދިވެހި ފިރިހެން މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާއި ގުޅިގެން ދޫކޮށްލި މީހާ އަލުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުުހުން ދާދި ދެންމެއަކު ބުނީ އޭނާ މިއަދު އަލުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. "ސީއެންއެމް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި އުމުރުން 55 އަހަރުގެ ފިރިހެން މީހާ އަކީ އެ ކުދިންގެ ބޮޑުބޭބެ އެވެ. 

އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ނެވެ. އަދި ބަންދާއި މެދު ގޮތެއް ނިންމުމަށް އޭރު ކޯޓަށް ހާޒިރު ކުރުމުން 30 ދުވަސް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ވެސް ކުރި އެވެ.

އޭގެފަހުން ބަންދުގެ މުއްދަތު މުރާޖާ ކުރުމަށް އޭނާ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

އެ އަމުރު ނެރެފައިވަނީ ކުދިން މިހާރު ބޮޑެތިވެފައި ތިބުމާއި ޕީޖީ އޮފީހުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުމުން ކަމަށް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް