ads
ލަންކާގައި ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން
މުޒާހަރާ ކުރާ ފަރާތްތައް ހުއްޓުވަން ބަޑިން ޖަހަން އަމުރު ކޮށްފި
ލަންކާގައި ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެ މަގުތައް މަތީ ގިނަބަޔަކު ހަމަނުޖެހުން ނަގާލަމުން ދިއުމާއި ގުޅިގެން މުޒާހަރާ ކުރާ ފަރާތްތަކާއި ދެކޮޅަށް ބަޑިން ހަމަލާ ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ލަންކާގެ ހަމަނުޖެހުން ބޮޑުވެ އިއްޔެެއިން ފެށިގެން އެގައުމުގެ އެކި ސަރަހައްދު ތަކުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންނެވެ. އެގޮތުން އެގައުމުގެ ގިނަ މިނިސްޓަރުންނާއި މަޖިލީސް މެމްބަރުން ހިމެނޭ ގެ ތަކުގައި ރޯކޮށްލާފައެވެ. އަދި ސަރުކާރުގެ އެކި އޮފީސްތަކާއި ސަރުކާރުގެ މުދާތަކަށް މުޒާހަރާގެ ބައިވެރިން އަންނަނީ ބޮޑެތި ގެއްލުންތައް ދެމުންނެވެ. 

ލަންކާގެ ހާލަތު ގޯސްވެ އެގައުމުގައި ކާފިއު އިއުލާން ކޮށްފައި ވީނަމަވެސް އެގައުމުގެ އެއްވެސް ސަރަހައްދެއްގައި ކާފިއު އަށް އަމަލު ކުރަމުން ނުދެއެވެ. 

ލަންކާގެ ހާލަތު ގޯސްވެފައި ވަނިކޮށް މީގެ ކުޑައިރުކޮޅެއް ކުރިން އެގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ، ރައްޔިތުންގެ މުދަލަށާއި، ސަރުކާރު މުދާތަކަށް ގެއްލުން ދެމުން އަންނަ ފަރާތްތަކާއި ދެކޮޅަށް ބަޑީގެ ބޭނުން ކުރުމަށް އެގައުމުގެ އަސްކަރިއްޔާއަށް އޯޑަރު ކޮށްފައި ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. 

އެކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނީ، މިއީ އެގައުމުގެ ރައްޔިތުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ނިކުމެފައިވާ ކަމުގެ ހެއްކެއް ކަމަށާއި، މިކަމުގެ ސަބަބުން އިތުރަށް ގައުމުގެ ހާލަތު ގޯސްވާނެ ކަމަށެވެ. އަދި މުޒާހަރާތައް ކުރުން ހުއްޓާ ނުލާނެ ކަމަށާއި، ގައުމުގެ ހާލަތު މިވަރަށް ދިޔައީ ސަރުކާރުގެ ސަބަބުން ކަމަށް ބުނެފައެވެ. 

ލަންކާގެ ހާލަތު ގޯސްވެ އެގައުމުގައި ކުރަމުން އަންނަ މުޒާހަރާތަކާއި ގުޅިގެން މިހާތަނަށް ހަތް މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް