ads
ލަންކާގެ ސަރުކާރު އިމާރާތްތަކުގައި އަންނަނީ ހުޅުޖަހަމުން
ލަންކާގެ ހަމަނުޖެހުން ތަކުގައި ދެ ފުލުހަކު މަރާލައިފި
ސްރީލަންކާ ގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި މިހާތަނަށް ދެ ފުލުހަކު މަރާލާފައި ވާކަމަށް އެގައުމުގެ ނޫސްތަކުގައި ބުނެފިއެވެ.

އިއްޔެ ހެނދުނުން ފެށިގެން އެގައުމުގެ މަސްރަހު ގޯސްވެފައި ވާއިރު، އެގައުމުގެ ސަރުކާރާއި ދެކޮޅު ފަރާތްތަކުން އަންނަނީ އެގައުމުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންނެވެ. 

މި ހަމަނުޖެހުންތަކުގައި މިހާތަނަށް އެގައުމުގެ އަށް މީހުން މަރާލާފައި ވާއިރު އޭގެ ތެރޭގައި ދެ ފުލުހުން ހިމެނެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ފިރިހެނުން ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. 

އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހަމައަކަށް އެޅުވުމަށް އެގައުމުގެ ސަރުކާރުން ކާފިއު އިއުލާންކޮށްފި ވީނަމަވެސް އެގައުމުގެ އެއްވެސް ހިސާބެއްގައި ކާފިއު އަށް އަމަލު ކުރަމުން ނުދެއެވެ. 

އެގައުމުގެ ހާލަތު ގޯސްވެ އެގައުމުގެ މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ދިރިއުޅޭ ގެ ތަކުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ އަލިފާން ރޯކުރަމުންނެވެ. މިހާތަނަށް 38 ގޭގައި ރޯކޮށްލާފައި ވާކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. 

ގައުމުގެ މަސްރަހު ހައްލުކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ، ރައްޔިތުންގެ މުދަލާއި، ސަރުކާރުގެ މުދާތަކަށް ގެއްލުން ދޭ ފަރާތްތަކާއި ދެކޮޅަށް ބަޑި ޖެހުމަށް އެގައުމުގެ އަސްކަރިއްޔާ އަށް އަމުރު ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް